ޔުނިވަރސިޓީތަކުގެ މުވައްޒަފުންގެ މުސާރައަށް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރައްވާފައިވާ ބަދަލުތައް ކުރިއަށް އޮތް 2 ދުވަސް ތެރޭގައި އިއުލާންކުރައްވާނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
މިއަހަރު ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ޔުނިވާސިޓީތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވާނެކަން އިއުލާންކުރައްވާފައެވެ. އެގޮތުން މާޗުމަހު ޔުނިވަރސިޓީތަކުގެ މުސާރަ ބޮޑުކޮށްދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ޔުނިވާސިޓީތަކުގެ މުވައްޒަފުންގެ މުސާރައަށް އަންނަ ބަދަލު ކުރިއަށް އޮތް ދެ ދުވަސްތެރޭގައި އިޢުލަންކުރައްވާނެކަމަށެވެ. އަދި އެކަން އިޢުލާންކުރެއްވުމަށް ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ނިންމާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ މޭމަހު ސަރުކާރުން ވަނީ ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވާފައެވެ. އޭގެ ފަހުން ޔުނިވާސިޓީތަކާއި ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި، ޝަރުޢީ ދާއިރާއާއި، އިމާމުންނާއި، މުދިމުންނާއި، ޖުމްލަކޮށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ނޭޝަނަލް ޕޭ ކޮމިޝަނުން ވަނީ ޔުނިވާސިޓީތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިމިފައިވާކަމަށް މީގެކުރިން ހާމަކޮށްފައެވެ. އަދި މުސާރަ ބޮޑުކުރުމަށް އިސްލާމިކް ޔުނިވާސިޓީއާއި ޤައުމީ ޔުނިވާސިޓީއާއެކު މަޝްވަރާތައް ކުރެއްވިކަމަށް އެ ކޮމިޝަނުން ބުނެއެވެ.
މިމަހު ޔުނިވާސިޓީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްފަހު ސިއްޙި ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ މެއި މަހުގެ 1 އިން ފެށިގެން ބޮޑުކުރައްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު