ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަޝްވަރާތަކަކަށް ރައީސުލްޖުމްހުރިއްޔާގެ އޮފީހަށް ވަޑައިގެންފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް ރައީސް އޮފީހަށް ވަޑައިގެންނެވީ ރިޔާސީ އިންތިހާބާ ގުޅޭ މަޝްވަރާތަކަކަށެވެ.

މަޝްވަރާތަކަކަށް ގާސިމް ރައީސް އޮފީހަށް ވަޑައިގެންނެވިއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ރައީސް ސާލިހު ވަނީ ޖުމްހޫރީ ޕާޓީއަށް ދައުވަތު ދެއްވާފައެވެ.

ކޯލިޝަން ހަދަން އެމްޑީޕީން ދައުވަތު ދިން ނަމަވެސް ޖުމްހޫރީ ޕާޓީގެ ކޮންގްރެސްއިން ވަނީ އިންތިހާބުގައި ވަކިން ވާދަކުރުމަށް ނިންމުމަށް ކައުންސިލަށް ހުށަހަޅާފައެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން ޖޭޕީގެ ކައުންސިލުން ވަކިގޮތެއް އަދި ނުނިންމައެވެ.



ކިޔުންތެރިންގެ ހިޔާލު