ސިޔާސީ ޕާޓީތަކުން ޖަމުއިއްޔާތަކުގެ ތާއީދު ހޯދުމަކީ ކުރިއަރާފައިވާ ގައުމުތަކުގައިވެސް އޮންނަކަމެއްކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.
ޓޮމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ސަލަފް ޖަމުއިއްޔާއާއެކު ޕީޕީއެމުން މަޝްވަރާކުރުމުން އެކަމަށް އަދާލަތު ޕާޓީން ފާޑު ކިޔުމުންނެވެ.
މިގޮތުން އަދާލަތު ޕާޓީގެ އިސް ބޭފުޅަކު ވަނީ ޤާނޫނުގެ ހުދޫދުން ބޭރުވާ މަދަނީ ޖަމްއިއްޔާތަކަށް ޖަމްއިއްޔާތަކުގެ ރަޖިސްޓްރަރ ނަސޭހަތްތެރިވެ އެކަން ހުއްޓުވަން ޖެހޭކަމަށް ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ޓޮމް ވިދާޅުވީ ސިޔާސީ ޕާޓީތަކާއި އިންތިޚާބުތަކުގައި ވާދަކުރާ ފަރާތްތަކުން ލޮބީގްރޫޕްތައް ނުވަތަ އެކިކަންކަމުގައި އެކިބޭނުމަށް އުފައްދާފައި ހުންނަ ޖަމިއްޔާތަކުގެ އެންޑޯސްމަންޓް ހޯދުމަކީ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް އޮންނަކަމެއްކަމަށެވެ.
ޓޮމް ވިދާޅުވީ ސަލަފްޖަމިއްޔާގެ އެންޑޯސްމަންޓް އިންތިޚާބެއްގައި މުހިއްމުވަނީ ގިނަ ރައްޔިތުންތަކެއް އެ ޖަމިއްޔާގެ އިލްމުވެރިންނަށް އިތުބާރުކޮށް، އެ ދީނީ އިލްމްވެރިން ނިންމާ ނިންމުންތައް ބަލައިގަންނާތީކަމަށެވެ.
އަދާލަތު ޕާޓީއަށް އިޝާރާތްކުރައްވައި ވާހަކަދައްކަވަމުން ޓޮމް ވިދާޅުވީ އަދާލަތު ޕާޓީ މައިދާނުން ބާކީވެ، ރައްޔިތުންގެ އިތުބާރު ގެއްލުނު ސަބަބުތައް ހޯދަން އުޅުން މާރަނގަޅުވާނެކަމަށެވެ.
"ޑްރަގް އެތެރެކުރާ މީހާ ކުށްވެރިނުވެ، ޑްރަގްހުރި ފޮށި ކުށްވެރިވާ ޤަވާއިދުވެސް ހެދީ ނޫންތޯ. އެކަމުގައި އަދާލަތު ޕާޓީ ސަރުކާރުގައި އޮވެމެ އެއްޗެއް ވިދާޅުނުވާތީ ހާދަ ދެރައޭ." ޓޮމް ވިދާޅުވިއެވެ.
ޓޮމް ވިދާޅުވީ ޤާނޫނުއަސާސީގެ އަސާސީހައްޤުތަކުގެ ތެރެއިން ހައްޤެއް ހަނިކުރެވޭނީ ކުރިއަރާފައިވާ މިނިވަން ދިމިޤްރާތީ ޤައުމުތަކުގައި އެކަން ހަނިކޮށްފައިވާ މިންވަރަކަށްކަމަށެވެ. އަދި ހިތަށް އެރީމައި، މަޖިލީހުގެ ބާރުއޮތީމައި، ހަދާ ޤާނޫނަކުން ނުވަތަ ޤަވާއިދަކުން އަސާސީ ހައްޤެއް ހަންޏެއް ނުކުރެވޭނެކަމަށްވެސް ޓޮމް ވިދާޅުވިއެވެ.

ޤާނޫނުގެ ހުދޫދުން ބޭރުވާ މަދަނީ ޖަމްއިއްޔާތަކަށް ޖަމްއިއްޔާތަކުގެ ރަޖިސްޓްރަރ ނަސޭހަތްތެރިވެ އެކަން ހުއްޓުވަން ޖެހޭ! އަޅުގަނޑުމެން އެދެނީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ތިބޭފުޅުން ރަޖިސްޓްރީ ވުމަށް ނުވަތަ ރަގަޅު މަދަނީ މަސައްކަތެއްގެ ގޮތުގައި ދީނުގެ ދައުވަތު ކުރިއެރުވުމަށް!
— Ali Nazeer (@alynazeer) February 28, 2023
3/3
ޓޮމް ވިދާޅުވީ ސަލަފްޖަމިއްޔާގެ އެންޑޯސްމަންޓް އިންތިޚާބެއްގައި މުހިއްމުވަނީ ގިނަ ރައްޔިތުންތަކެއް އެ ޖަމިއްޔާގެ އިލްމުވެރިންނަށް އިތުބާރުކޮށް، އެ ދީނީ އިލްމްވެރިން ނިންމާ ނިންމުންތައް ބަލައިގަންނާތީކަމަށެވެ.
އަދާލަތު ޕާޓީއަށް އިޝާރާތްކުރައްވައި ވާހަކަދައްކަވަމުން ޓޮމް ވިދާޅުވީ އަދާލަތު ޕާޓީ މައިދާނުން ބާކީވެ، ރައްޔިތުންގެ އިތުބާރު ގެއްލުނު ސަބަބުތައް ހޯދަން އުޅުން މާރަނގަޅުވާނެކަމަށެވެ.
"ޑްރަގް އެތެރެކުރާ މީހާ ކުށްވެރިނުވެ، ޑްރަގްހުރި ފޮށި ކުށްވެރިވާ ޤަވާއިދުވެސް ހެދީ ނޫންތޯ. އެކަމުގައި އަދާލަތު ޕާޓީ ސަރުކާރުގައި އޮވެމެ އެއްޗެއް ވިދާޅުނުވާތީ ހާދަ ދެރައޭ." ޓޮމް ވިދާޅުވިއެވެ.
ޓޮމް ވިދާޅުވީ ޤާނޫނުއަސާސީގެ އަސާސީހައްޤުތަކުގެ ތެރެއިން ހައްޤެއް ހަނިކުރެވޭނީ ކުރިއަރާފައިވާ މިނިވަން ދިމިޤްރާތީ ޤައުމުތަކުގައި އެކަން ހަނިކޮށްފައިވާ މިންވަރަކަށްކަމަށެވެ. އަދި ހިތަށް އެރީމައި، މަޖިލީހުގެ ބާރުއޮތީމައި، ހަދާ ޤާނޫނަކުން ނުވަތަ ޤަވާއިދަކުން އަސާސީ ހައްޤެއް ހަންޏެއް ނުކުރެވޭނެކަމަށްވެސް ޓޮމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު