ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އާއިޝަތު ނަހުލާ، ކުރީގެ ރައީސް، ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމާ ބައްދަލުކުރިކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށް ޖުމުހޫރީ ޕާޓީން ބުނެފިއެވެ.
ޖުމުހޫރީ ޕާޓީން މިހެން ބުނީ އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން، ނަހުލާ ރައީސް ޔާމީންގެ ގެކޮޅު ކައިރީގައި ހުންނަ ޗީބޯ ކެފޭގެ ދޮރުމަތިން އެކަމަނާގެ ކާރުކޮޅަށް އަރާ ވަޑައިގަންނަވާ މަންޒަރު ހިއްސާކޮށް ކުރީގެ ފަސްޓުލޭޑީ ފާތިމަތު އިބްރާހީމާއެކު ސިއްރު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ބުނެ ފަތުރެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.
ޖުމުހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ޞާލިޙް ވިދާޅުވީ، މިނިސްޓަރ ނަހުލާ ވަޑައިގެންނެވީ ޗީބޯ ރެސްޓޯރަންޓަށް ކަމަށެވެ. މިއީ، ހުޅުމާލޭގައި ހުންނަ ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފީހުން ނުކުމެވަޑައިގެން ގެއަށް ވަޑައިގަތް މަގުމަތީގައި، އާއިލާ މެމްބަރުންތަކެއް އެ ރެސްޓޯރަންޓުގައި ތިބުމުން އެ ފަރާތްތަކާ ބައްދަލުކޮށްލެއްވުމަށް ކުރެއްވި ޒިޔާރަތެއްކަމަށް އަލީ ވިދާޅުވިއެވެ.
ޖޭޕީއާއި ޖޭޕީގެ ލީޑަރު އަދި އެ ޕާޓީގެ ލީޑާޝިޕުގައި ހިމެނޭ ފަރާތްތަކާ ގުޅުވައިގެން، އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ފަތުރަމުންދާދިޔުން، އަލީ ސޯލިހް ވަނީ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަށްވާފައެވެ. އަދި އަލީ ވަނީ މިއީ ވަރަށް ނާތަހުޒީބު، ފިނޑި އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މީގެ އިތުރުން އަލީ ސޯލިހް ވިދާޅުވީ ޖުމްހޫރީ ޕާޓީން ބޭއްވި ގައުމީ ކޮންފަރެންސްގެ ސަބަބުން، އަދި މި ކޮންފަރެންސްގެ ތެރެއިން ފެނިގެންދިޔަ ކަންތައްތަކުގެ ސަބަބުން، އިދިކޮޅު ފަރާތްތަކުގެ ޖަޒުބާތުތައް ބަންޑުންވަމުން އަންނަ ކަމަށެވެ.
"މި ދުވަސްވަރު، ގަހަކުން ފަތެއް ހެލިލިޔަސް، ވައިރޯޅިއެއް ޖެހިލިޔަސް އެއީ ޖުމްހޫރީ ޕާޓީގެ ރަތް ފިޔަތަކާއި މާތައް އެތަންމިތަނުން ފޮޅެނީއޭ ހީވާނެ،" އަލީ ޞާލިޙް ވިދާޅުވިއެވެ.

Gahakun fatheh heliliyas than vairoalhiyeh jehilyas heevanee mi Jumhooree party ge rahfiyathakaai maathah Ethan Mithanun folheyheneve.
— ali solih (@alisolih) February 28, 2023
JP ah aai Qasim ah thiya bahatavaa samaalukamah fahfashun shukuriyaa.
Minister Nahula eh ehvess madam akaa meet eh nukurahvaa
👇🏼mi video pic.twitter.com/eySonh3WwE
ޖޭޕީއާއި ޖޭޕީގެ ލީޑަރު އަދި އެ ޕާޓީގެ ލީޑާޝިޕުގައި ހިމެނޭ ފަރާތްތަކާ ގުޅުވައިގެން، އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ފަތުރަމުންދާދިޔުން، އަލީ ސޯލިހް ވަނީ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަށްވާފައެވެ. އަދި އަލީ ވަނީ މިއީ ވަރަށް ނާތަހުޒީބު، ފިނޑި އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މީގެ އިތުރުން އަލީ ސޯލިހް ވިދާޅުވީ ޖުމްހޫރީ ޕާޓީން ބޭއްވި ގައުމީ ކޮންފަރެންސްގެ ސަބަބުން، އަދި މި ކޮންފަރެންސްގެ ތެރެއިން ފެނިގެންދިޔަ ކަންތައްތަކުގެ ސަބަބުން، އިދިކޮޅު ފަރާތްތަކުގެ ޖަޒުބާތުތައް ބަންޑުންވަމުން އަންނަ ކަމަށެވެ.
"މި ދުވަސްވަރު، ގަހަކުން ފަތެއް ހެލިލިޔަސް، ވައިރޯޅިއެއް ޖެހިލިޔަސް އެއީ ޖުމްހޫރީ ޕާޓީގެ ރަތް ފިޔަތަކާއި މާތައް އެތަންމިތަނުން ފޮޅެނީއޭ ހީވާނެ،" އަލީ ޞާލިޙް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު