އެމްޑީޕީ އާއެކު ކޯލިޝަން އެގްރިމެންޓްގައި ވަރަށް އަވަހަށް ސޮަައިކުރެވޭނެ ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ރައީސް އަލީ މައުރޫފް މިރޭ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވީ އެމްޑީޕީއާއެކު ހަދާ ކޯލިޝަން އެގްރިމެންޓް ޑްރާފްޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެމްޑީޕީއާއެކު ކޯލިޝަން އެގްރިމެންޓްގައި ސޮއިކުރެވޭނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.
އެގޮތުން ކޯލިޝަން އެގްރިމެންޓްގައި ސޮއިކުރުމަށްފަހު އެމްޑީޕީގެ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކާއިއެކު ބޮޑެތި ޖަލްސާތައް ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކޯލިޝަން އާއެކު ބޮޑެތި ޖަލްސާތައް ބާއްވައި ރަށްރަށަށް ދަތުރުކުރާނެ، އަޅުގަނޑުމެން މައިގަނޑު އެންމެ މުހިންމު އެއް ވިސްނުމަކީ ކޯލިޝަނަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ނުކުރާނަން، 2023 ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ކުރަންޖެހުނު ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން. އެކަމަށް ބުރޫއަރާ އެއްވެސް ކަމެއް ނުކުރާނަން." މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރުކަން ކުރެއްވި މައުރޫފް ވިދާޅުވިއެވެ.
މީގެ އިތުރުން މައުރޫފް ވިދާޅުވީ، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމަކީ ރާއްޖޭގެ ޓޫރިޒަމް ނުވަތަ އިގްތިސާދު ބިނާކުރުމުގެ ހަތަރު ބައިކުޅަ އެއްބައި ހިއްސާވާ ބޭފުޅެއް ކަމަށެވެ. ސިޔާމާއި ރައީސް ސާލިޙު ގުޅިވަޑައިގެން ދެން އުފެދޭ ވެރިކަމެއްގެ ފަސްއަހަރު ވެގެންދާނީ ރާއްޖޭގެ ތާރީޚު ނުދެކޭފަދަ އިގްތިސާދީ ހެޔޮ ބަދަލެއް އަންނަ 5 އަހަރަށް ކަމަށް މައުރޫފް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙާއެކު ކޯލިޝަން ހެދުމަށް މިހާތަނަށް ނިންމާފައިވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީންނެވެ. ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީއަކުން އެކަމަށް އަދި ވަކި ގޮތެއް ނުނިންމައެވެ.
އެމްޑީއޭއިން އެންމެ ފަހުން ކޯލިޝަން ހެދީ 2013 ވަނަ އަހަރު ޕީޕީއެމްގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނާއި އެކުއެވެ.

ކިޔުންތެރިންގެ ހިޔާލު