ކޮވިޑު19 ގެ ތެރޭގައި ހެލްތު މިނިސްޓްރީން ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތައް ގަންނަން ހަވާލުކުރި ދުބާއީގެ ކުންފުންޏަކީ ދިވެހި ސަރުކާރަށް ފައިސާ ދެއްކޭވަރުގެ ގާބިލްކަން ހުރި ކުންފުންޏެއްތޯއޭ ވިދާޅުވެ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުއިއްޒު ސުވާލު ކުރަށްވައިފިއެެވެ.
ކޯވިޑްގެ އާލަމީ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަށް 75 ވެންޓިލޭޓަރު ގެންނަން ސަރުކާރުން ހަވާލުކޮށްފައިވަނީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކިޔާ ކުންފުންޏަކާއެވެ. އެ ވެންޓިލޭޓަރުތަށް ގަންނަން ސަރުކާރުން ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށެވެ. ސަރުކާރުން ވަނީ ވެންޓިލޭޓަރުތައް ގެނައުމަށް އެޑްވާންސަށް 30.9 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދީފައެވެ.
އެހެން ނަމަވެސް ރާއްޖެއަށް މިހާތަނަށް ލިބިފައިވަނީ އެންމެ 10 ވެންޓިލޭޓަރެވެ. ދިވެހި ސަރުކާރުން މިހާރު ވަނީ ވެންޓިލޭޓަރު ގަންނަން ދުބާއީގެ ކުންފުންޏާއި އެކު ވި އެއްބަސްވުން ބާތިލްކޮށް 32 މިލިއަން ރުފިޔާގެ ބަދަލެއް އެ ކުންފުނީގެ ފަރާތުން ނަގައިދިނުމަށް އެދި އެމައްސަލަ އާބިޓްރޭޝަނަށް ހުށައަޅާފައެވެ.
އެކަމާ ގުޅިގެން ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުއިއްޒު މިއަދު ވިދާޅުވީ އާބިޓްރޭޝަނުން ދިވެހި ސަރުކާރަށް މައްސަލަ ކާމިޔާބު ކުރެވިދާނެ ކަމަށެވެ. އެހެން ނަމަވެސް ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ކުންފުންޏަކީ ދިވެހި ސަރުކާރަށް ފައިސާ ދެއްކޭވަރުގެ ގާބިލްކަން ހުރި ކުންފުންޏެއްތޯ މުއިއްޒު ވަނީ ސުވާލު ކުރަށްވާފައެވެ.
"ފައިސާ ދެއްކޭނެ ގާބިލުކަން އެ ކުންފުނީގައި ނެތްނަމަ އެ ނިންމުން ވާނީ ހަމައެކަނި ކަރުދާހުގައި އޮންނަ އެއްޗަކަށް." ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޕޮރެސިކިއުޓަރ ޖެނެރަލްގެ މަގާމު އަދާކުރެއްވި މުއިއްޒު ވިދާޅުވިއެވެ.
އެމައްސަލައާއި ގުޅިގެން އެޓާނީ ޖެެނެރަލް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލާގައި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ފަރާތުން ފޯރުކޮށްދީފައިނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާ އާއި ވެންޓިލޭޓަރުތައް ފޯރުކޮށްދީފައި ނުވާތީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން ދިވެހި ސަރުކާރަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއެކު 32،547،750 ދިވެހި ރުފިޔާއަށްވާ 2،112،500 އެމެރިކާ ޑޮލަރުގެ އިތުރުން އިންޓެރެސްޓާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދުމަށް އެދިފައިވާ ކަމަށެވެ.
މިމައްސަލަ ދިވެހި ސަރުކާރުގެ ފަރާތުން އާބިޓްރޭޝަނަށް ހުށައަޅާފައިވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

ތިޔަ ކުންފުންޏަކީ އެ ފައިސާ ދެއްކޭނެ ވަރުގެ ގާބިލުކަން ހުރި ކުންފުންޏެއްބާ؟
— Ahmed Muizzu (@AhmedMuizzu) February 28, 2023
އާބިޓްރޭޝަނުން މައްސަލަ ކާމިޔާބު ކުރެވިދާނެ. ނަމަވެސް، ފައިސާ ދެއްކޭނެ ގާބިލުކަން އެ ކުންފުނީގައި ނެތްނަމަ އެ ނިންމުން ވާނީ ހަމައެކަނި ކަރުދާހުގައި އޮންނަ އެއްޗަކަށް. https://t.co/M8JZiVC9Wi
"ފައިސާ ދެއްކޭނެ ގާބިލުކަން އެ ކުންފުނީގައި ނެތްނަމަ އެ ނިންމުން ވާނީ ހަމައެކަނި ކަރުދާހުގައި އޮންނަ އެއްޗަކަށް." ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޕޮރެސިކިއުޓަރ ޖެނެރަލްގެ މަގާމު އަދާކުރެއްވި މުއިއްޒު ވިދާޅުވިއެވެ.
އެމައްސަލައާއި ގުޅިގެން އެޓާނީ ޖެެނެރަލް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލާގައި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ފަރާތުން ފޯރުކޮށްދީފައިނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާ އާއި ވެންޓިލޭޓަރުތައް ފޯރުކޮށްދީފައި ނުވާތީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން ދިވެހި ސަރުކާރަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއެކު 32،547،750 ދިވެހި ރުފިޔާއަށްވާ 2،112،500 އެމެރިކާ ޑޮލަރުގެ އިތުރުން އިންޓެރެސްޓާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދުމަށް އެދިފައިވާ ކަމަށެވެ.
މިމައްސަލަ ދިވެހި ސަރުކާރުގެ ފަރާތުން އާބިޓްރޭޝަނަށް ހުށައަޅާފައިވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ހިޔާލު