ޖަމިއްޔަތުއްސަލަފްގެ އިސް ސަފުގައި ހަރަކާތްތެރިވާ ދީނީ އިލްމުވެރިންނާއެކު، އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން ބައްދަލުކުރައްވައިފި އެވެ.
އިދިކޮޅު ޕީޕީއެމުން ބުނީ ޖަމިއްޔަތުއްސަލަފްގެ އިސް ސަފުގައި ހަރަކާތްތެރިވާ ދީނީ އިލްމުވެރިންނާ މިއަދު ބައްދަލު ކުރަށްވާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގެ ބޭނުމަކީ އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ކަމަށް އެޕާޓީން ބުންޏެވެ.
ޖަމްޢިއްޔަތުއް ސަލަފުން ބުނީ ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން އެދުނު އެދުމަކަށް ބޭއްވި އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ޖަމްޢިއްޔަތުއް ސަލަފްގެ އޮފީހުގައި ކަމަށެވެ. އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
ޕީޕީއެމާއި ޕީއެންސީގެ ފަރާތުން މި ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް، ހުޅުމާލޭގެ ކައުންސިލަރު އިބްރާހީމް ޝުޖާއު އަދި ފެލިދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް އަދި ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވެސް އެ ބައްދަލުވުމުގައި ވަނީ ބައިވެރިވެޑައިގެންފައެވެ.
ދެހާސްއަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ޖަމިއްޔަތުއްސަލަފުން ތާއީދުކޮށްފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނަށްކަން ފާހަގަކުރެވެއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ޔާމީނަށް މިހާރު ވަނީ އަރުވާފައެވެ. އެހެން ނަމަވެސް ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ޝަރީއަތަށް ސާބިތުވެ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި އެކު ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ގާނޫނީ ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފުރުސަތު ދެއްވި ކަމަށްޓަކައި @JAMIYYATHSALAF އިސްވެރިންނަށް ވަރަށް ބޮަޑަށް ޝުކުރު ދަންނަވަން. pic.twitter.com/4gq7CFfEBn
— Progressive Party of Maldives (@ProgressPartyMV) February 28, 2023
ޕީޕީއެމާއި ޕީއެންސީގެ ފަރާތުން މި ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް، ހުޅުމާލޭގެ ކައުންސިލަރު އިބްރާހީމް ޝުޖާއު އަދި ފެލިދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް އަދި ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވެސް އެ ބައްދަލުވުމުގައި ވަނީ ބައިވެރިވެޑައިގެންފައެވެ.
ދެހާސްއަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ޖަމިއްޔަތުއްސަލަފުން ތާއީދުކޮށްފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނަށްކަން ފާހަގަކުރެވެއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ޔާމީނަށް މިހާރު ވަނީ އަރުވާފައެވެ. އެހެން ނަމަވެސް ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ޝަރީއަތަށް ސާބިތުވެ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި އެކު ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ގާނޫނީ ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
ކިޔުންތެރިންގެ ހިޔާލު