ވެލާނާގޭ ކައިރީގައިވާ ޕާރކިން ޒޯން ބަންދުކޮށް، އެ ސަރައްހަދުގައި ހުރި އުޅަނދުތައް ޓޯ ކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލްގެ އެންގުމަކަށް ނޫންކަމަށް އެ ކައުންސިލުން ބުނެފިއެވެ.

ވެލާނާގޭ ކައިރީގައިވާ ޕާކިން ޒޯން ބަންދުކުރުމާއި ގުޅިގެން މިއަދު ބައެއް މުވައްޒަފުން ވަނީ އެ ސަރަހައްދުގައި މުޒާހަރާވެސްކޮށްފައެވެ. އަދި ޕާކިން ޒޯން ބަންދުކޮށްފައިވަނީ ސިޓީ ކައުންސިލުން އަންގައިގެންކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ ވެލާނާގެއާއި އިންވެގެން އޮންނަ ސައިކަލް ޕާކިންގ ޒޯން މިވަގުތު ބަންދުކޮށްފައިވަނީ ޕްލޭނިންގ މިނިސްޓްރީގެ އެދުމުގެ މަތިން އެމިނިސްޓްރީގެ ބޭނުމަށްކަމަށެވެ.



ސިޓީ ކައުންސިލުން މިއަދު ބުނީ ވެލާނާގޭ ކައިރިގައި ހަދާފައިވާ ޕާރކިން ޒޯން ބަންދުކޮށް، އެ ސަރައްހަދުގައި ހުރި އުޅަނދުތައް ޓޯ ކޮށްފައިވަނީ ކައުންސިލްގެ އެންގުމަކަށް ނޫންކަމަށެވެ. އަދި އެ ސަރަހައްދު ބަންދުކޮށްގެން މަސައްކަތް ކުރަމުން ދަނީވެސް މާލެ ސިޓީ ކައުންސިލަށް އެންގުމަކާއި ނުލައި، އަދި ކައުންސިލްގެ އެއްވެސް ކަހަލަ ހުއްދައެއްވެޒް ލިބިގެން ނޫންކަމަށެވެ.



ސިޓީ ކައުންސިލުން ބުނީ މި މަސައްކަތަކީ ކައުންސިލުން ކުރިއަށް ގެންދާ މަސައްކަތެއްކަމަށް ބުނެ ފަތުރަމުން ދަނީ ތެދު މައޫލޫމާތު ނޫންކަމަށެވެ.

ވެލާނާގެ އިމާރާތަކީ ސަރުކާރުގެ އެންމެ ގިނަ މުވައްޒަފުން މަސައްކަތްކުރާ އެއް އިމާރާތެވެ. އެ އިމާރާތް ކައިރީގައި ޕާކްކުރާނެ ޖާގަ ނެތްކަމަށް ބުނެ އަބަދުވެސް މީހުން ޝަކުވާކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު