ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަކީ ބޯހިޔާވަހިކަން ހޯދަން ދަތި ފަރާތްތަކަށް ހުޅުވައިދޭ ފަހި ފުރުސަތެއްކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.
ޝާހު މިހެން ވިދާޅުވީ ސަރުކާރު ކުންފުނިތައް ހިމެނޭގޮތަށް ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ކުރިޔަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ)އިން، ޤާއިމްކުރި 15 ބުރީގެ 'މަލަސް ރެސިޑެންސް' އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޝާހު ވިދާޅުވީ ފަރުދުންނަށް ލޯނު ނުވަތަ ފައިސާ ލިބޭ ގޮތް ހަނިވުމާއި ޚާއްސަކޮށް ބޭންކް މެދުވެރިކޮށް ގެދޮރު އިމާރާތް ކުރުމަށް ލޯނު ހޯދުމަކީ ގިނަ ފަރާތްތަކަށް ދަތި ކަމެއްކަމަށެވެ. އަދި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ހައުސިން މަޝްރޫއު ކުރިއަށް ގެންދިޔުމަށް މަގުފައި ކޮށްދިނުމަކީ މިކަން ބޭނުންވެފައި ތިބި ފަރާތްތަކަށް ހުޅުވާލި ފަހި ފުރުސަތެއްކަމަށް ޝާހް ވިދާޅުވިއެވެ.
ޝާހް ވިދާޅުވީ އެމްޑަބްލިއުއެސްސީގެ މަލަސް ރެސިޑެންސުން ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިވެ، މުވައްޒަފުންނަށް ހެޔޮއަގުގައި އަމިއްލައަށް ދިރިއުޅޭނެ ތަނެއް ލިބުމުގެ މަގު ފަހިވެގެންދާނެކަމަށެވެ.
"މަލަސް ރެޒިޑެންސް، ރަސްމީކޮށް މިއަދު ހުޅުވިގެން ދިޔުމަކީ، މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިވެ، ހެޔޮ އަގުގައި އަމިއްލަ ތަނެއް ލިބުމަށް މަގުފަހިވެގެންދާނެ ކަމެއް." ޝާހް ވިދާޅުވިއެވެ.
އެެމް.ޑަބްލިޔު.އެސް.ސީގެ މަލަސް ރެސިޑެންސް ގައި ޖުމްލަ 192 އެޕާޓްމަންޓް ހިމެނެއެވެ. މީގެ ތެރޭގައި 3 ކޮޓަރީގެ 60 އެޕާޓްމަންޓާއި، 2+1 ކޮޓަރީގެ 40 އެޕާޓްމަންޓާއި އަދި 1 ކޮޓަރީގެ 92 އެޕާޓްމަންޓް ހިމެނެއެވެ. މީގެ އިތުރުން، މަލަސް ރެސިޑެންސްގައި ކުޑަކުދިންނަށް ޚާއްސަ ކުރެވިގެން ކުޅޭ އޭރިއާއަކާއި، ފިހާރައެއްގެ އިތުރުން، އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ޕާރކް ކުރުމަށް އިމާރާތުގެ ދެފަރާތުން ޕާރކިންގ ޒޯނެއްވެސް ވަނީ ޤާއިމްކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު