100 މިލިޔަން ޑޮލަރަށް ވުރެ، ބޮޑު ލޯނެއްގެ ސޮވަރިން ގެރެންޓީއެއް ހޯދަން ސަރުކާރުގެ ތެރެއިން މަސައްކަތް ކުރެއްވި ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް މިހެން ވިދާޅުވީ އެމަނިކުފާނު 100 މިލިޔަން ޑޮލަރަށް ވުރެ، ބޮޑު ލޯނެއް ނަންގަވަން ސަރުކާރުން ސޮވަރިން ގެރެންޓީއެއް ހޯއްދަވަން މަސައްކަތް ކުރައްވާ ކަމަށް ބުނެ ބައެއް ނޫސްތަކުގައި ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެން "ރަސް އޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ސަރުކާރުން ސޮވަރިން ގެރެންޓީއެއް ހޯދުމަށް ގާސިމް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމަނިކުފާނު ރިޔާސީ އިންތިހާބަށް ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެ ބިރުދައްކަވައިގެންނެެވެ. އެކަމާ ގުޅިގެން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވީ އެމަނިކުފާނު 100 މިލިއަން ޑޮލަރުގެ ލޯނެއް ނަންގަވަން ސަރުކާރުން ސޮވެރިން ގެރެންޓީއެއް ހޯއްދަވަން ޕްރެޝަރު ކުރައްވާ ކަމަށް ބުނެ ފަތުރަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނާއި ގުޅުވައިގެން އަސްލެއް ނެތް، ކަނޑައެޅިގެން ބުހުތާނު ދޮގު ވާހަކަ ފަތުރައި ފިތުނަ އުފެއްދުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ. އަދި އެކަމަކީ އެމަނިކުފާނުގެ އަގުވައްޓާލަން ބަޔަކު ހިންގާ ވަަރަށް ނާތަހުޒީބު އަމަލެއްކަމަށް ގާސިމް ސިފަކުރެއްވިއެވެ.
"ސަރުކާރުން ސޮވެރިން ގެރެންޓީ ހޯދާކަށް އަޅުގަނޑު ނޭދެން، އެންމެ ރުފިޔާއެއްގެ ސޮވެރިން ގެރެންޓީއެއް ހޯދަން އެދިފައެއް ނޯއްނާނެ. އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް،" ވިލާ ގްރޫޕުގެ ޗެއާމަން ގާސިމް ވިދާޅުވި އެވެ.
ގާސިމް މިހެން ވިދާޅުވެފައިވާއިރު، ޖުމުހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހިމް ވެސް ވަނީ އެމަނިކުފާނު ލޯނެއް ނަންގަވަން ސަރުކާރުން ސޮވަރިން ގެރެންޓީ ހޯދަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރަށްވާފައެވެ. އަމީން ވިދާޅުވީ، އެއީ ކަނޑައެޅިގެން ހަގީގަތާއި ޚިލާފު އެއްވެސް އަސްލެއް ނެތް ބުހުތާނު ދޮގެއް ކަމަށެވެ.
"ސަރުކާރުން ގެރެންޓީ ހޯދާކަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެއްވެސް ހާލެއްގައި އެދިވަޑައިގެންފައެއް ނުވޭ، މިޒާތުގެ ވާހަކަ މި ފެތުރެން ފެށީ ކީއްވެކަން ވަރަށް ސާފު،" ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި އަމީން ވިދާޅުވިއެވެ.
ޖުމުހޫރީ ޕާޓީގެ ކޮންގުރެސްގައި އެޕާޓީގެ ކެންޑިޑޭޓަކު ނެރުމަށް ނުވަތަ އެޕާޓީ އިސްވެ އޮވެ ކޯލިޝަން ހެދުމަށް ފެންނަ ކަމަށް ވަނީ ފާސްކޮށްފައެވެ. އެކޮންގުރެސްއަށް އެކަމާ ގުޅިގެން ހުށައެޅި ގަރާރަށް ވާހަކަ ދައްކަވަމުން ގިނަ ބޭފުޅުން ވަނީ ގާސިމް ރިޔާސީ އިންތިޚާބަށް ނިކުމެވަޑައިގަތުމަށް ގޮވާލައްވާފައެވެ. ނަމަވެސް ޤާސިމް މިފަދަ ވާހަކަފުޅެއް އަދި ދައްކަވާފައެއް ނުވެއެވެ.
ޖުމުހޫރީ ޕާޓީން ބުނީ އެޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރާނީތޯ ނުވަތަ ކޯލިޝަން ހަދާނީތޯ ނިންމާނީ އެޕާޓީގެ ކޮންގުރެސްގައި އިންތިޚާބުކުރި އާ ކައުންސިލުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު