ރާއްޖެ ބަނގުރޫޓް ކޮށްލަން މިވަރަށް މަސައްކަތް ކުރި މަޖިލީހެއް ނެތް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ރަައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ ހައްގުތަކަށް މަޖިލީހުން ހުރަސް އަޅަމުންދާ ކަމަށެވެ.
އެގޮތުން ސަރުކާރުން ރައްޔިތުންނަށް ފަހިކޮށްދޭ ފުރުސަތުތަކަށް މަޖިލީހުން ހުރަސް އަޅަމުންދާ ކަމަށް ޝަރީފް ތުހުމަތުކުރެެއްވިއެވެ. އަދި ވެރިކަމުގެ ދަހިވެތިކަމުގައި ގައުމު ބަނގުރޫޓްވެ ދިޔަ ނަމަވެސް ވަރިހަމަކޮށް އެމަގަށް މަޖިލީހުން މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ދައުލަތަށް ލިބޭ ފައިސާއިން ކޮވިޑްގެ ދަތިހާލުގައި އިގްތިސާދީ ކަންކަން ރަނގަޅަށް މެނޭޖް ނުކުރެވޭ ކަމަށާއި އެކަން އެންމެންނަށް ވެސް އެނގޭ ކަމަށެވެ. ރާއްޖެއާއި ދުނިޔޭގެ ގައުމުތަކަށް ކުރިމަތިވެފައިވާ މައްސަލައަކީ އެއީ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އެހެން ގައުމުތަކުން ވެސް ކޮވިޑުގެ ދަތި ހާލަތުން އަރައިގަތީ ފައިސާ ޗާޕްކުރަންޖެހޭ ދަނޑިވަޅުތަކުގައި އެކަން ވެސް ކޮށްގެން ކަމަށެވެ.
"އެކަން ނުކުރެވުނު ގައުމުތަށް ސްރީލަންކާ ޕާކިސްތާނު ގާނާ، މި ނޫންވެސް އެފްރިކާގެ ބައެއް ގަައުމުތަކުގެ ރައްޔިތުން އެތިބީ ބަނޑަށް، ދުވަހުން ދުވަހަށް މީހުން ބަނޑަށް މަރުވަމުން އެދަނީ. އެގޮތް މި ރާއްޖެއަށް ނުވެގެން އެމަގަށް ކޮވިޑު އައިސްސުރެ މި މަޖިލީހުގައި ބައެއް ބޭފުޅުން ވަކާލާތު ކުރެއްވި ކަމީ ހިތާމަހުރި ކަމެއް. ވެރިކަމުގައި ހުރި މީހާއާއި ނުރުހިގެން ކަމަށް ވިޔަސް ގައުމުގެ ރައްޔިތުން ބަނޑަށް ޖައްސާލަން ސިޔާސީ މީހުން މަސައްްކަތް ކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއް." ޝަރީފް ވިދާޅުވިއެވެ.
އެމްޑީޕީގެ ފުރިހަމަ އަގުލަބިއްޔަތު އޮތް މިހިނގާ ރައްޔިތުންގެ މަޖިލީހުން މި ސަރުކާރަށް ދަތިކޮށް ސަރުކާރުން ކުރާ ކަންކަމަށް ހުރަސް އަޅާކަމަށް ބުނެ މީގެ ކުރިންވެސް ބައެއް މެންބަރުން ވަނީ ވާހަކަ ދައްކަވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު