ރާއްޖެއިން ނަގާފައިވާ ލޯނުތައް ނުދެއްކިގެން ދަރަނިވެރިވާ ހިސާބަށް ކަންކަން ގޮސްފައިވާކަމަށް ގަބޫލުނުކުރައްވާކަމަށާއި، ސަރުކާރުން އިގްތިސާދު މެނޭޖްކުރައްވަނީ ވަރަށް ރަނގަޅަށްކަމަށް ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު (ރާޑޯ) ވިދާޅުވެއްޖެއެވެ.
ދަރަންޏާއި ގުޅޭގޮތުން މިއަދު މަޖިލީހުގައި ކުރިއަށްދިޔަ ބަހުސެއްގައި ވާހަކަދައްކަވަމުން ރާޝިދު ވިދާޅުވީ މީގެ ކުރީ ސަރުކާރުތަކުންވެސް ލޯނު ނެގިކަމަށާއި ނަމަވެސް ކުރި މަސައްކަތެއް ފެންނަން ނެތްކަމަށެވެ. ނަމަވެސް މި ސަރުކާރުން ނެގި ލޯނުތަކުން ކުރި މަސައްކަތް ފެންނަން އެބަހުރިކަމަށް ރާޝިދު ވިދާޅުވިއެވެ.
ރާޝިދު ވިދާޅުވީ ދަރަނި ބޮޑުވެގެން ކަންބޮޑުވެގެން އުޅޭ މަންޒަރެއް ސަރުކާރުން ނުފެންނަކަމަށެވެ. އަދި ސަރުކާރު ހިންގަނީ އެއަށްވުރެ މާ ފުރިހަމައަށް ކަމަށްވެސް ރާޝިދު ވިދާޅުވިއެވެ.
"ގައުމުގެ ކަންކަން ގޯހުން ގޯހަށްދާ މަންޒަރެއް ނުފެނޭ.. އެއަށްވުރެ މާ އޮރިޖިނަލް ބަޔަކު، އޮރިޖިނަލް ރައީސެއް، އެއަށްވުރެ ކޮލިޓީ ރައީސެއް، ކޮލިޓީ މިނިސްޓަރުންތަކެއް، ކޮލިޓީ ބަޔަކު މިއަދު މި ގައުމާއި ހަވާލުވެ މިތިބީ." ރާޝިދު ވިދާޅުވިއެވެ.
ރާޝިދު ވިދާޅުވީ ލޯނު ނަގައިގެންވެސް ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭނަމަ އޭގެ އެއްވެސް މައްސަލައެއް ނެތްކަމަށެވެ. އަދި ބަޔަކު ދެއްކިނަމަވެސް ގައުމު ބަނގުރޫޓްވާ މަންޒަރެއް ނޫފެންނަކަމަށް ރާޝިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު