ފައިސާގެ ކަންކަމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި ހިލާފަށް އަމަލުކުރި މައްސަލައެއްގައި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަދި މާލެ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ނިމާލްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
އިތުރު 3 މީހަކާއި ނިމާލްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އުސޫލުތަކާއި ހިލާފަށް ލިކުއިޑޭޓެޑް ޑެމޭޖުގެ ގޮތުގައި ކަނޑަންޖެހޭ ފައިސާ އުނިނުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ދީފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލައިގައެވެ.
މި މައްސަލައިގައި ދައުވާ އުފުލުން ޔަގީންކޮށްދިނުން ފިޔަވައި އިތުރު މައުލޫމާތެއް ޕީޖީ އޮފީހުން މީޑިއާއަކަށް ނުދެއެވެ.
މި މައްސަލައަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ތަހުގީގުކޮށް ނިންމުމަށްފަހު ދައުވާކުރުމަށް މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ޕީޖީއަށް ފޮނުވާފައިވާ މައްސަލައެކެވެ.
ނިމާލްގެ އިތުރުން މި މައްސަލައިގައި ދައުވާކުރަނީ ފައިނޭންސް އެންޑް އެކައުންޓް ޑިޕާޓްމަންޓްގެ ޑިރެކްޓަރުގެ މަޤާމުގައި އޭރު ހުރި މިންހާޖު ވަޙީދު، ޕްރޮޖެކްޓް ޑިވިޜަންގެ ޑެޕިއުޓީ ޑިރެކްޓަރގެ މަގާމުގައި އޭރު ހުރި އަޙްމަދު ޞާލިޙު ނާޞިރު އަދި ފައިނޭންސް އެންޑް އެކައުންޓްސް ޑިވިޜަންގެ ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމުގައި އޭރު ހުރި އަޙުމަދު ޢަޒްލީމްގެ މައްޗަށެވެ.
އޭސީސީން ބުނާގޮތުން މި މައްސަލައިގައި ފެނަކައިން އަމަލުކޮށްފައި ގޮތުން ކުންފުންޏަށް ވަނީ މިލިއަނެއްހާ ރުފިޔާގެ ގެއްލުމާއި ކުރިމަތިވެފައެވެ. އެހެންކަމުން، އޭސީސީން އެދިފައިވަނީ އެ ހަތަރު މީހުންގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި، ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު