އަންނަ އޭޕްރިލްމަހު ބޭއްވުމަށް ހަމަޖެހިފައިވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ހަމަޖެއްސީ އެ ދާއިރާގެ މެމްބަރަކަށް ހުންނެވި އިބްރާހިމް ރިޒާ މިމަހުގެ 23 ވަނަ ދުވަހު އަވަހާރަވުމާއި ގުޅިގެނެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ އޭޕްރިލްމަހުގެ 15 ވަނަ ދުވަހު ބައި އިލެކްޝަން ބޭއްވުމަށެވެ. އަދި އިއްޔެ އެ ކޮމިޝަނުން ވަނީ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާރިޗު 10 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 02:00 ގެ ނިޔަލަށް އޮންނާނެކަމަށެވެ.
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންކަމަށާއި ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ޝަކުވާ ހުށަހަޅާނީ ކޮމިޝަނުގެ އީމެއިލް އެޑްރެހަށް ފޮނުވައިގެންކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަނުން ހުޅުވާލާފައިވާއިރު އެމްޑީޕީން މިހާރު ވަނީ އިންތިހާބުގައި ވާދަކުރުމަށް ޕްރައިމަރީއަށް ހުޅުވާލާފައެވެ. ނަމަވެސް އިތުރު ޕާޓީއަކުން ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމާއި ގުޅޭގޮތުން ގޮތެއް ނިންމާފައެއް ނުވެއެވެ.
ގުރައިދޫ ދާއިރާގެ މެންބަރުކަމުގައި ހުންނަވަނިކޮށް އަވަހާރަވި ރިޒާއަކީ އިދިކޮޅު ޕީޕީއެމްގެ ޓިކެޓެއްގައި އެ ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު