ވެލާނާގޭ ކައިރީގައި ޕާކްކުރާނެ ޖާގަ ނެތްކަމަށް ބުނެ ވެލާނާގޭގައި ހިންގާ ބައެއް އޮފީސް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އިހުތިޖާޖުކޮށްފިއެވެ.
ވެލާނާގެ އިމާރާތަކީ ސަރުކާރުގެ އެންމެ ގިނަ މުވައްޒަފުން މަސައްކަތްކުރާ އެއް އިމާރާތެވެ. އެ އިމާރާތް ކައިރީގައި ޕާކްކުރާނެ ޖާގަ ނެތްކަމަށް ބުނެ އަބަދުވެސް މީހުން ޝަކުވާކުރެއެވެ.
ވެލާނާގޭގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ވަނީ މިއަދު އެކަމާއި ގުޅިގެން މަގުމަށްޗަށް ނިކުމެ އަޑު އުފުލާފައެވެ. މުވައްޒަފުން އަޑުއުފުލަމުންދަނީ ވެލާނާގެ ސަރަހައްދުން ދެ ޕާކިންގ ޒޯން ނެގި ކަމަށް ބުނެއެވެ.
އިހުތިޖާޖުކުރި މުވައްޒަފުން ހިފައިގެން ތިބި ބޯޑުތަކުގައި ވަނީ އެމީހުންނަށް ޕާކް ކުރާނެ ޖާގަ ނެތްކަމާއި ނަމަވެސް ވެރިންނަށް ޕާކްކުރާނެ ޖާގަ އޮންނަކަމަށެވެ.
ވެލާނާގެ ކައިރީގައި އޮތް ދެ ޕާކީން ޒޯނެއް ނެގިކަމަށް ބުނާއިރު އެކަން ކަށަވަރުވެފައެއް ނުވެއެވެ.
މާލޭގެ ތޮއްޖެހުން އިތުރުވެ، ޕާކް ކުރާނެ ޖާގަ ނެތްކަމަށް ބުނާ ޝަކުވާތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު ކަމާއިބެހޭ ފަރާތްތަކަށް އެކަމަށް އެދެވިގެންވާ ހައްލެއް ހޯދައިދެވިފައެއް ނުވެއެވެ.

Happening now at Velaanaage pic.twitter.com/fCvfJZ1iJa
— Midhuam Saud(米渡)🇲🇻 (@midh_am) February 28, 2023
އިހުތިޖާޖުކުރި މުވައްޒަފުން ހިފައިގެން ތިބި ބޯޑުތަކުގައި ވަނީ އެމީހުންނަށް ޕާކް ކުރާނެ ޖާގަ ނެތްކަމާއި ނަމަވެސް ވެރިންނަށް ޕާކްކުރާނެ ޖާގަ އޮންނަކަމަށެވެ.
ވެލާނާގެ ކައިރީގައި އޮތް ދެ ޕާކީން ޒޯނެއް ނެގިކަމަށް ބުނާއިރު އެކަން ކަށަވަރުވެފައެއް ނުވެއެވެ.
މާލޭގެ ތޮއްޖެހުން އިތުރުވެ، ޕާކް ކުރާނެ ޖާގަ ނެތްކަމަށް ބުނާ ޝަކުވާތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު ކަމާއިބެހޭ ފަރާތްތަކަށް އެކަމަށް އެދެވިގެންވާ ހައްލެއް ހޯދައިދެވިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު