މާލެ ސިޓީ ކައުންސިލުން ރޯދަ މަހަށް ހާއްސަކޮށްގެން ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރާ ވަގުތީ މާރުކޭޓުތަކުން ގޮޅި ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކައުންސިލުން ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރޯދަ މަހަށް ޙާއްސަކޮށްގެން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ތަރުކާރީއާއި މޭވާގެ ބާވަތްތައް ފަސޭހަކަމާއިއެކު ގަންނަން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން މާލޭ ސިޓީކައުންސިލުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ގާއިމްކުރާ ވަގުތީ މާރުކޭޓުތަކުން 30 ގޮޅި ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ ގިނަ ވެގެން 50 ދުވަހުގެ މުއްދަތަށްކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

އެގޮތުން ހުޅުމާލޭގައި ރޯދަ މަހަށް ޙާއްސަކޮށްގެން ގާއިމުކުރާ ވަގުތީ މާރުކޭޓު ތަކުން ގޮޅި ކުއްޔަށް ހިފުމަށް ބޭނުންފުޅުވާ ފަރާތްތަކުން ހުޅުމާލޭ އަމީން އެވެނިއު މޭޕްލް ބިލްޑިންގ ގެ 1 ވަނަ ފަންގިފިލާގައި ހުންނަ އެ ކައުންސިލްގެ ހުޅުމާލޭ ސެކްޝަނުން ގޮޅިއަށް އެދޭ ފޯރމް ހުށަހެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 11 މާރިޗު 2023 (ހޮނިހިރު) ދުވަހުގެ 14:00 ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު