އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭގޮތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް އަންނަ އާދީއްތަދުވަހަށް ފަސްކޮށްފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބާއްވައިދިނުމަށް އެދި 3 ފަރާތަކުން މައްސަލަ ހުށަހެޅިއިރު އޭގެތެރެއިން ސިވިލް ކޯޓަށް ބަލައިގަތީ އަލީ އަމްޖަދު ކިޔާ މީހަކު ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގެ ޝަރީއަތް ފަށަން އޮތީ މިއަދުއެވެ. ނަމަވެސް މައްސަލައިގެ އަޑުއެހުން އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:15 އަށް މިހާރު ފަސްކޮށްފައިވާކަމަށް މައުލޫމާތުލިބެއެވެ.

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ ޕާޓީގެ މެންބަރަކު ވަކިކުރުމަކީ މެންބަރާ މެދު އަޅާ ފިޔަވަޅެއްކަން އަސާސީ ގަވާއިދުން އެނގެން އޮންނައިރު، ވަކިކުރި 39،000 މެންބަރުން ވަކިކުރީ ފިޔަވަޅު އެޅުމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތުތަކާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ މެންބަރުންނަށް ވޯޓު ދިނުމުގެ ހައްގު ގެއްލޭގޮތަށް ބޭއްވި އިންތިހާބު ސައްހަ ނޫން ކަމަށް ކަނޑައަޅައިދީ އެ މެންބަރުން ހިމަނައިގެން އަލުން އިންތިހާބު ބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރު ކޮށްދިނުމަށް އެ މައްސަލައިގައި އެދިފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައިސް ނަޝީދުގެ މައްޗަށް ކުރި ހޯއްދަވައިގެން ކާމިޔާބު ކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއެވެ. ނަމަވެސް ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެމްބަރުން ގެންދަވަނީ ރައީސް ސާލިހުއަށް ތާއީދުކުރެއްވުމަށް ދެކޮޅު ހައްދަވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު