ސިޔާސީ މަސްރަހުގެ ތެރެއިން ހަސަދައިގެ އުދަރެހުގައި އުދުހި އުދުހި ދިވެހިން ވަރުބަލިވެއްޖެކަމަށް ކުރީގެ ހެލްތު މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ކޮންފަރެންސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ އަޅުގަނޑުމެންގެ ވާދަވެރިކަން ސިޔާސީ ވާދަވެރިކަމަށްވުރެ ދުރަށް ގޮސް، އިޖްތިމާއީ ފޭރާން ކުދިކުދިވާހާ ވާދަވެރިވެއްޖެކަމަށެވެ.
"އަޅާފައި ހުންނަ ޓައީގެ ކުލައާ ގުޅިގެން އަޅުގަނޑުމެން ރަނގަޅު ނުރަނގަޅު ވަކިކުރާ ހިސާބަށް ގޮސްފި." އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ރިޔާސީ އިންތިހާބެއްގެ އަހަރުގައި ޕާޓީތަކުން މަސައްކަތްކުރާއިރު ކޮންމެ ޕާޓީއަކީވެސް ގައުމަށްޓަކާއި މުހިއްމު މަންޒަރުތަކެއް ދައްކުވައިދޭ ޕާޓީތަކަކަށް ވާންޖެހޭކަމަށެވެ.
އަމީން ވިދާޅުވީ ސިޔާސީ ޕާޓީތައް ވުޖޫދަށް އަންނަނީ އިންތިހާބުތަކުގައި ބައިވެރިވުމަށްކަމަށާއި އިންތިހާބުތަކުގައި ބައިވެރިވަނީ ކާމިޔާބުކުރުމުގެ އުއްމީދުގައިކަމަށެވެ. އަދި އިންތިހާބު ކާމިޔާބުކޮށް ސަރުކާރަކާއި ހިންގުމުގެ ޒިންމާއާ ހަވާލުވުމުން ސަރުކާރެއްގެ ޒަރިއްޔާއިން ރައްޔިތުންނަށް ކުރިއެރުން ގެނެސްދެވޭނެކަމަށްވެސް އަމީން ވިދާޅުވިއެވެ.
"މުހިއްމު ނިންމުންތައް ނިންމުމަކީ ފަސޭހަކަމެއް ނޫން. އެ ނިންމުމުގެ ސަބަބުން އެތައް އަހަރަކަށް ކުރާ އަސަރު، އެތައް އަހަރަކަށް ދިމާވާނެ މައްސަލަތައް، އެތައް އަހަރަކަށް ބަޔަކަށް ލިބިގެންދާނެ ފައިދާތަކާއި ގުޅިފައި ހުރީ ނިންމުންތައް ރައީސުލްޖުމްހުރިއްޔާ ނިންމަންޖެހޭ ހާލަތްތައް އާދޭ." އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ އެންމެ މުހިއްމު ޒިންމާއަކީ އިންތިހާބުތައް ކާމިޔާބުކޮށް ރައްޔިތުންނަށް ހިދުމަތްކޮށްދިނުންކަމަށާއި ނަމަވެސް ރާއްޖޭގައި އެއް ޕާޓީއަށް އިންތިހާބު ކާމިޔާބުކޮށް، ރައްޔިތުންނަށް ހިދުމަތްކުރުމުގެ ފުރުސަތު ލިބިފައި ނުވާކަމަށެވެ. އަދި މިއަދުވެސް ސިޔާސީ މަސްރަހުން ފެންނަނީ އެ މަންޒަރުކަމަށް އަމީން ވިދާޅުވިއެވެ.
"ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގައުމުގެ މަސްލަހަތު އިސްކުރާ، ރާއްޖެއަށް އަމާން މުސްތަގްބަލެއް ހޯދައިދިނުމަށް ތިމާގެ އަމިއްލަ މަސްލަހަތު ފަހަތަށް ޖައްސާފައި ކުރިއަށް ނިކުންނަ ބޭފުޅަކީ ކޮބައިތޯ އަހައިފިނަމަ އަޅުގަނޑު އެ ޝަރަފު ދޭނެ ބޭފުޅަކީ ގާސިމް އިބްރާހިމް. އެމަނިކުފާނު ވަނީ އަމަލާއި ބަހުން އެކަން ސާބިތުކޮށްދެއްވާފައި. އެހެން ބޭފުޅުންނަކީ ބަލިވެއްޖިއްޔާ އިންތިހާބުވެސް ކަމަކުނުދޭ، ކާމިޔާބުނުވެއްޖިއްޔާ ޕާޓީވެސް ކަމަކުނުދޭ." އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ގާސިމް އިބްރާހިމްގެ ސިޔާސީ ތަޖުރިބާ އެންމެންވެސް ބޭނުންކުރަންޖެހޭކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހު މިހާހިސާބަށް އައިރު އެންމެ ރަނގަޅު ތަޖުރިބާ ކުރެއްވި ބޭފުޅަކީ ގާސިމް އިބްރާހިމްކަމަށްވެސް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ސިޔާސީ ލީޑަރުންނަށް ކުރާ އިލްތިމާސްއަކީ ގާސިމްއާއި ރާއްޖޭގެ އެހެން ސިޔާސީ ލީޑަރުންގެ ތަޖުރިބާ ބޭނުންކުރުންކަމަށެވެ.
"ރައީސް ނަޝީދުގެ ހީވާވި ހިތްވަރުން އިބްރަތް ހާސިލްކުރަންޖެހޭ. އޮނަރަބަލް ގާސިމް އިބްރާހިމްގެ ގައުމީ ލޯބިން އަޅުގަނޑުމެން އިބްރަތް ހާސިލު ކުރަންޖެހޭ. ރައީސް ޔާމީންގެ އަޒުމް ވަރުގަދަ ހިތްވަރުން އަޅުގަނޑުމެން ތަޖުރިބާ ހޯދަންޖެހޭ. އިބްރާހީމް މުހައްމަދު ޞާލިހުގެ ހިކުމަތްތެރިކަމާއި ކެތްތެރިކަން އެއީ އެތައް ޒަމާނަކަށް އޭގެ ފައިދާ ކުރާނެ ކަމެއްކަމަށް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ." އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ސިޔާސީ ލީޑަރުންގެ ކިބައިން ފެންނަ ރަނގަޅު ކަންކަމުން އަޅުގަނޑުމެން މުސްތަގްބަލް ބިނާކުރަން މަސައްކަތް ކޮށްފިނަމަ ރާއްޖެއަށް މިއަށްވުރެ ފައިދާކުރާނެކަމަށެވެ. އަދި އެ ބޭފުޅުންގެ ނުރަނގަޅު ކަންކަމުން މިސާލު ނަގާ ކަމަށްވާނަމަ އެ ދެއްކެނީ ރަނގަޅު މިސާލެއް ނޫންކަމަށްވެސް އަމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު