ރައްކާތެރިކަމުގެ ގޮތުން މިއަހަރު އެންމެ ފާހަގަކޮށްލެވޭ އެއަރލައިނަކަށް އޮސްޓްރޭލިއާގެ ގައުމީ އެއަރލައިންސް، ކުއަންޓަސް ހިމެނިއްޖެއެވެ.

ފޯރބްސްއިން އާންމުކޮށްފައިވާ ދުނިޔޭގެ އެންމެ ރައްކާތެރި އެއާލައިންގެ ލިސްޓުގެ އެއްވަނައިގައި ހިމެނުނު ކުއަންޓަސް އިން ފުރަތަމަ ޝެޑިއުލް ފްލައިޓްތައް ފަށާފައިވަނީ 1920 ވަނަ އަހަރުއެވެ. އެތެރޭގެ އުދުހުންތަކުން ފެށި މިއެއަރލައިން އިންޓަރނޭޝަނަލް އެއަރލައިނަކަށް ބަދަލުކޮށްފައިވަނީ 1935 ވަނަ އަހަަރުއެވެ.

ފޯރބްސް އިން އާންމުކޮށްފައިވާ ރައްކާތެރިކަމުގެ ގޮތުން މިއަހަރު އެންމެ ފާހަގަކޮށްލެވޭ އެއަރލައިންތަކުގެ ލިސްޓުގެ ދެވަނައިގައި ހިމެނިފައިވަނީ އެއަރ ނިއުޒިލޭންޑެވެ. އަދި ތިންވަނައިގައި މަޝްހޫރު އިއްތިހާދު އެއަރވޭސް ހިމެނިފައިވާއިރު، ހަތަރުވަނައިގައި ހިމެނެނީ ޤަތަރު އެއަރވޭސް އެވެ.

މި ލިސްޓުގެ ގަދަ ފަހެއްގައި ސިންގަޕޫރު އެއަރލައިންސް ހިމެނެއެވެ. އަދި ގިނަ ގައުމުތަކަކަށް ދަތުރުކުރާ އެމިރޭޓްސް އެއަރލައިންސް ހިމެނިފައި ވަނީ ލިސްޓުގެ 7 ވަނައިގައެވެ.

މިލިސްޓުގައި ހިމެނޭ ގިނަ އެއަރލައިން ތަކަކީ ދުނިޔޭގައިވެސް އެންމެ ފާހަގަކޮށްލެވޭ އެއަރލައިންތަކެވެ. އެގޮތުން 2022 ވަނަ އަހަރުގެ އެންމެ މޮޅު އެއަރލައިންގެ ގޮތުގައި ގަތަރު އެއަރވޭސް ހޮވި، އެހެން ހުރިހާ ކުންފުނިތަކަށް ވުރެ ކުރިއަށް ޖެހިލިއިރު ގަތަރަށް މިމަގާމު ލިބުނީ "ކެބިން އިނޮވޭޝަން، ޕެސެންޖަރ ސާވިސް، އަދި މުޅި ކޮވިޑް ޕެންޑެމިކްގައި ވެސް އޮޕަރޭޓް ކުރަމުން ގެންދިއުމަށް ވީ ވައުދުތަކުގެ ސަބަބުން" ކަމަށް ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން