ޖަމްޢިއްޔަތުއްސަލަފުގެ ބޭފުޅުން އަދާލަތު ޕާޓީގެ އިލްމުވެރިންނަށް ކިތަންމެ އެއްޗެއް ކިޔަސް އަދާލަތުގެ އިލްމުވެރިން ތިއްބެވީ ސަލަފުގެ ބޭފުޅުންނަށް ރައްދު ނުދެއްވަން ނިންމަވައިގެން ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު އިމްރާން މިއަދު ވިދާޅުވީ ސަލަފުގެ ބޭފުޅުން އަދާލަތު ޕާޓީގެ އިލްމުވެރިންނަށް ކިތަންމެ އެއްޗެއް ކިޔަސް އަދާލަތުގެ އިލްމުވެރިން ތިއްބެވީ ސަލަފުގެ ބޭފުޅުންނަށް ރައްދު ނުދެއްވަން ނިންމަވައިގެން ކަމަށެވެ. އަދާލަތުން އެ ހަމަ ހިފަހައްޓާތާ އަހަރުތަކެއްވެއްޖެ ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން މިއަދު ވަނީ ސަލަފު ޖަމްޢިއްޔާއާއި އަދާލަތާ ދެމެދުގައި ހުރި ތަފާތުތަކަކީ ދީނީ ކަމެއްތޯ ނުވަތަ ސިޔާސީ މައްސަލައެއްތޯ ސުވާލު އުފައްދަވައި ޓުވީޓެއް ކުރަށްވާފަައެވެ.
"ދީނީ މައްސަލައެއްނަމަ އެކަން ހައްލުކުރަން އަޅުގަނޑުމެން ބޭނުން. ސިޔާސީ ކަމެއްނަމަ އެކަން އަންޑަސްޓޭންޑްވޭ. ހަމަ ވަރަށް ނަޗްރަލް ކަމެއްތާ.“ އިމްރާންގެ ޓުވީޓްގައިވެއެވެ.
އިމްރާން މިހެން ވިދާޅުވެފައިވާއިރު، މި ސަރުކާރާއެކު ކޯލިޝަން ހެދުމަށް އަދަލާތުން ނިންމުމުން ސަލަފު ޖަމިއްޔާގެ ބައެެއް ދީނީ އިލްމްވެރިން ވަނީ އެޕާޓީގެ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު