މިދިޔަ 4 އަހަރުގެ ތެރޭގައި އިންސާނީ ޙައްގުތައް ކުރިއަރުވައި، ދިފާއުކުރުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 52ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޝާހިދު ވިދާޅުވީ އިންސާނީ ހައްގުތައް ކުރިއަރުވައި، ދިފާއުކުރުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން މިދިޔަ 4 އަހަރުގެ ތެރޭގައި ޤާނޫނުތައް އިސްލާހުކޮށް، ޙައްގުތައް ކަށަވަރު ކުރެވޭގޮތަށް އިސްލާހުކުުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އަދި ޑިމޮކްރަސީގެ އުސޫލުތައް ދެމެހެއްޓުމުގައި ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަންވެސް ޝާހިދު ފާހަގަކުރެއްވިއެވެ.
"ޤާނޫނުތަކަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ މިނިވަންކަމާއި ޖަވާބުދާރީވުން އިތުރުކުރުމާއި، އިންތިޤާލީ އިންސާފު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމާއި، ފުލުހުންގެ ޚިދުމަތް ހިންގުން ހަރުދަނާކުރުމަށްޓަކައި ފުލުހުންގެ ޤާނޫނަށް އިޞްލާޙު ގެނައުމާއި މުޅިން އައު މަދަނީ އިޖުރާޢަތުގެ ޤާނޫނެއް ތަޢާރަފުކުރުން ހިމެނޭ." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އިންސާނީ ޙައްޤުތައް ކުރިއެރުވުމަށާއި ދިފާޢުކުރުމަށް ރާއްޖެއިން އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށާއި އަދި އަންހެނުންގެ ޙައްގުތައް ކަށަވަރުކުރުމާއި، މުޖުތަމަޢުގައި ހަމަހަމަކަން ޤާއިމުކުރުމުގައިވެސް ރާއްޖެއަކީ ކާމިޔާބު ޤައުމެއްކަމަށެވެ.
މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ޒުވާނުން ބާރުވެރިކުރުވުމާއި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ދޭ އެހީތައް ފުޅާކުރުމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.

Addressed the High Level Segment of the 52nd session of the Human Rights Council.
— Abdulla Shahid (@abdulla_shahid) February 27, 2023
Some key highlights from my statement👇🏼 pic.twitter.com/D7JXcwVjhA
މިނިސްޓަރ ވިދާޅުވީ އިންސާނީ ޙައްޤުތައް ކުރިއެރުވުމަށާއި ދިފާޢުކުރުމަށް ރާއްޖެއިން އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށާއި އަދި އަންހެނުންގެ ޙައްގުތައް ކަށަވަރުކުރުމާއި، މުޖުތަމަޢުގައި ހަމަހަމަކަން ޤާއިމުކުރުމުގައިވެސް ރާއްޖެއަކީ ކާމިޔާބު ޤައުމެއްކަމަށެވެ.
މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ޒުވާނުން ބާރުވެރިކުރުވުމާއި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ދޭ އެހީތައް ފުޅާކުރުމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު