މީހެއްގެ އެކައުންޓްގައި ހުރި އެއް މިލިއަން ރުފިޔާ ނުގެއްލޭ ކަމަށް ބުނެ ބޭންކް އޮފް މޯލްޑިވިސް، ބީއެމްއެލުން ހެދީ ދޮގުކަން ރައްޔިތުންގެ މަޖިލީހުގައި މިއަދު ފަޅާއަރުވާލައިފިއެވެ.

އެކަން ފަޅާއަރާފައިވަނީ ފަހަކަށްއައިސް ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓުތަކުގައި ހުންނަ ފައިސާ ވާނުވާ ނޭނގި ގެއްލުން އިތުރުވެފައިވާތީ އެ މައްސަލަ ބެލުމަށް ނޮޅިރަވަރަމް ދާއިރާގެ މަޖިލީސް މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުالله (މޮސްޓާ) ހުށައެޅުއްވި ކުއްލި މައްސަލައިގެ ބަހުސް މަރުހަލާގެ ތެރެއިންނެެވެ. އެބަހުސްގައި ވާހަކަ ދައްކަވަމުން މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ވިދާޅުވީ ބީއެމްއެލްގައި ހުޅުވާފައިވާ އޭނާގެ ރައްޓެއްސެއްގެ އެކައުންޓަކުން 1 މިލިއަން ރުފިޔާއާއި 22000 ޑޮލަރު ސްކޭމަކުން ގެއްލިފައިވާ ކަމަށެވެ.

އެގޮތުން މި 1 މިލިއަން ރުފިޔާގެ ފައިސާ ސްކޭމަކުން މީހެއްގެ އެކައުންޓަށް ޖަމާވުމުން އެކަން އެ ފަރާތުން ބޭންކަށް ރިޕޯޓްކުރި ކަމަށާއި އެހެން ނަމަވެސް ބޭންކުން އެކަމަށް އަޅާލާފައިނުވާ ކަމަަށް ހާރޫން ވިދާޅުވިއެވެ. އަދި އެކައުންޓުން ފައިސާ ގެއްލެނީ ޖަލު ތެރެއިން ހިންގާ ސްކޭމް ކޯލުތަކުން ކަމަށް ބޭންކުން ބުނެފައިވާތީ އެކަމާވެސް އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

"އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އެކައުންޓް ސްޓޭޓްމަންޓުން ފެންނަނީ އެކަން ހިނގި ދުވަހު ހަވީރު 5:35 އިން ފެށިގެން އެރޭ 11:30 އާއި ހަމަޔަށް އެ އެކައުންޓްގެ މުއާމަލާތް ހިންގާފައި ހުރިކަން. ހަމައެކަނި އެ އެކައުންޓުން ފައިސާ ނަގާފައި ހުރީކީ ނޫން، އެސްކޭމްތެރެއިން އެހެން އެކައުންޓްތަކުގެ ފައިސާ އެ އެކައުންޓަށް ލައި އެއްކޮށްގެން 25000 ރުފިޔާ ހަމަކޮށްގެން ވެސް ހުސްކޮށްފައި ހުރީ. 22000 ޑޮލަރު ހުސްކޮށްފައި 16.70ރ. ގެ ރޭޓުން ރުފިޔާ އެކައުންޓްތަކަށް ޓްރާންސްފާ ކޮށްފައި ހުރީ، ބޭންކަށް ގުޅީމަ ބުނަނީ ބޭންކުން ހީކުރީ އެއީ އަމިއްލައަށް ކޮށްފައި ހުރި މުއާމަލާތްތަކެއް ކަމަށޭ." މެމްބަރު ވިދާޅުވިއެވެ.

މީގެ އިތުރުން ހާރޫން ވިދާޅުވީ މިދިޔަ ހަފުތާގައި އެކައުންޓުން ފައިސަ ގެއްލުނު ރައްޓެހިމީހާއެކު އޭނާ ބޭންކަށް ވަޑައިގެންނެވި ކަމަށެވެ. ޢަދި ބޭންކަށް ގޮސް މައުލޫމާތު ސާފުކުރުމުން މާބޮޑު ކުރިއެރުމެއް ނުލިބުނު ކަމަށާއި ތަހުގީގު ކުރިއަށްދާ ކަމަށް ބޭންކުން ބުނި ކަމަށް މެންބަރު ވިދާޅުވިއެވެ.

"ޓްރާންސްފާރ ކޮށްފައި ހުރި އެކައުންޓްތަކުގެ ވެރިން ގޮވައިގެން ކޮންމެ މީހަކަށް ވަކިން ދައުވާކޮށްގެން ނޫނީ އެލާރި ލިބޭނެ އެއްވެސް ގޮތެއް ނެތް، ފާހަގަކުރެވުނު ކަމަކީ އެ ސްކޭމް ހިންގާފައިވާ ފޯނު ރެޑްމީ 10 ފޯނުން ހަމަ އެ ފޯނުން އެ ބޭންކް އެކައުންޓަށް 2021 ގައި ލޮގިންވެފައި ހުރި." މެމްބަރު ހާރޫން ވިދާޅުވިއެވެ.



ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ މީހެއްގެ އެކައުންޓެއްގައި ހުރި 1 މިލިއަން ރުފިޔާ، އެކައުންޓްގެ ވެރިފަރާތަށް ނޭގި އެކި މީހުންގެ އެކައުންޓްތަކަށް ޓްރާންސްފަރކޮށް ވިޔަފާރިކޮށް ބޮޑު ސްކޭމެއް ހިންގި ކަން އެންމެ ފުރަތަމަ ހާމަކުރީ "ރަސްއޮންލައިން" އިންނެެވެ. އެހެން ނަމަވެސް އެ ހަބަރަކީ ދޮގެއް ކަމަށް ބުނެ ބޭންކުން ވަނީ މީސް މީޑިއާގައި ނޫހަށް ރައްދު ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު