ކުޑަގިރި ޕިކްނިކް އައިލެންޑަށް ބުކިން ނުހަދާ ދަތުރުދެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑުން ބުނީ ފެރީ ފުރާ ކޮންމެ ގަޑިއެއްގައި ބުކިންގ ނުހެދިނަމަވެސް ދަތުރުދެވޭނެކަމަށެވެ.
ފެރީ ދަތުރަށް ބުކިންގ ނުހެއްދިނަމަވެސް، ދަތުރުގޮސް ބޭނުންކުރާ އަށި ފަދަ ތަންތަން ނަގަން، ކުޑަގިރި އެޕްލިކޭޝަނުން ބުކިން ހަދަން ޖެހޭނެއެވެ. އަދި އެރަށުގައި ހަދާފައިވާ ރޫމްތައް ބޭނުންކުރުމަށްވެސް ދުރާލާ ބުކިން ހައްދަން ޖެހެއެވެ.
މާލެ ސަރަހައްދުގައި އުޅޭ މީހުން ދަތުރުދާން ހެދި ކުޑަގިރި ހުޅުވީ މިމަހުގެ 11 ވަނަ ދުވަހުއެވެ.
ކުޑަގިރިއަށް ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ދަތުރުކުރުމާއި އަދި ރަށަށް އެރުމަށް ފީއެއް ނަގައެވެ. އެގޮތުން ދެކޮޅު ފެރީ ދަތުރާއި އެންޓްރެންސް ފީއަށް ބޮޑު މީހެއްގެ އަތުން 100 ރުފިޔާ ނަގައެވެ. އަދި 2އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް 50 ރުފިޔާ ނަގައެވެ. 2 އަހަރުން ދަށުގެ ކުދިންނަކަށް ފީއެއް ނުނަގާނެއެވެ.

The Kudagiri ferry schedule has been updated! First come first serve basis - so hurry up and don’t miss out! pic.twitter.com/AhZKILiRLl
— Kudagiri Picnic Island (@KudagiriMv) February 27, 2023
މާލެ ސަރަހައްދުގައި އުޅޭ މީހުން ދަތުރުދާން ހެދި ކުޑަގިރި ހުޅުވީ މިމަހުގެ 11 ވަނަ ދުވަހުއެވެ.
ކުޑަގިރިއަށް ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ދަތުރުކުރުމާއި އަދި ރަށަށް އެރުމަށް ފީއެއް ނަގައެވެ. އެގޮތުން ދެކޮޅު ފެރީ ދަތުރާއި އެންޓްރެންސް ފީއަށް ބޮޑު މީހެއްގެ އަތުން 100 ރުފިޔާ ނަގައެވެ. އަދި 2އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް 50 ރުފިޔާ ނަގައެވެ. 2 އަހަރުން ދަށުގެ ކުދިންނަކަށް ފީއެއް ނުނަގާނެއެވެ.
ކިޔުންތެރިންގެ ހިޔާލު