އެމަނިކުފާނު ވެރިކަމަށް ވަޑައިގެންފާނެތީ ބައެއް ވިޔަފާރިވެރިން ކަންބޮޑުވާ ކަމަށާއި، ނަމަވެސް "ފުރިފައި ހުރި އެއްޗެއް ގުޑުގުޑު ނާޅާނެ" ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ނިންމުމުގެ ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންފާނެތީ ބައެއް ވިޔަފާރިވެރިން ކަންބޮޑުވާ ކަމަށެވެ. އެހެން ނަމަވެސް "ފުރިފައި ހުރި އެއްޗެއް ގުޑުގުޑު ނާޅާނެ" ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ޝައުގުވެރިކަން އޮތީ މި ގައުމުގައި ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ކުރެވޭ މަސައްކަތްތަކަށް ތަރުހީބު ދީ، އެކަންކަން ކުރިއަށް ގެންގޮސް ދެއްވުމަށް ކަމަށެވެ. ގާސިމް ވަނީ އެމަނިކުފާނު ރައީސް ކަމަށް ވަޑަައިގަންނަވަންވީ ކޮން ސަބަބަކާތޯ ވެސް ސުވާލު ކުރަށްވާފައެވެ.
"ކޮން އެއްޗެއް ހަދަންތޯ؟ ކޯޗެއްތޯ އަޅުގަނޑުގެ ނެތީ؟ ﷲ އަޅުގަނޑަށް ދެއްވާފައިވާ އެ ނިއުމަތް ވަނީ ފުރައި ފުރިހަމަކުރައްވާފައި،" ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް ވިދާޅުވިއެވެ.
އަދި އެމަނިކުފާނު މިހާރު ކުރައްވާ ކަމަކީ ދިވެހި ރައްޔިތުންނަށް އެމަނިކުފާނަށް ލިބިހުރި މަދަދުވެރިކަމަކާއި އެހީތެރިކަމެއް އޭގެ އެންމެ ތަނަވަސް މިނުގައި ފޯރުކޮށްދިނުން ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނަކީ މޮޔައެއް ނޫން ކަމަށާއި، ކަމެއް ކުރާއިރު އެކަން ކުރެވޭނީ އެ ކަމެއް ކުރުމުގެ ގާބިލުކަމާއި ކެޕޭސިޓީ އާއި ހުނަރުވެރިކަން ފަދަ ކަންކަން ހުރެގެން ކަމަށެވެ. ވޭތުވެ ދިޔަ ހުރިހާ ސަރުކާރުތަކެއް ވެރިކަމަށް ގެނައުމަށް އިސް ރޯލެއް އަދާކުރެއްވި ގާސިމް ވިދާޅުވީ ރައްޔިތުންނަށްޓަކާ ކުރަންޖެހޭ ކަންކަން ދިގުލައިގެން، ލަސްވެގެން ގޮސް، 10 އަހަރަށް ސޮއްސާލީމާ ކަމަކު ނުދާނެ ކަމަށެވެ. ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން ކުރަމުންދާ މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ.
"ދިވެހި ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދިނުމަށްޓަކާ ކޮންމެ ކަނޑެއްގައި ވެސް އަޅުގަނޑުމެން މިތިބީ ފަތަންކަން ކަށަވަރުކޮށްދެން. މި ޕާޓީން މިކުރާ މަސައްކަތްތަކުގައި ފަހަތަކަށް ނުޖެހޭނަން. މި ޕާޓީއާ އަޅުގަނޑު އަބަދުވެސް ނިންމާނީ ދިވެހި ރައްޔިތުންނަށާއި ހުރިހާ ޕާޓީތަކަށް އެންމެ ރަނގަޅު ގޮތް. އަޅުގަނޑުމެން ގޮތް ނިންމާނީ އެގޮތަށް." ގާސިމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު