ސްވިޑެންއާއި ބެލްޖިއަމް ސަރުކާރުން ރާއްޖެއަށް ކަނޑައެޅި ސަފީރުން ފަތްކޮޅު އަރުވައިފިއެވެ.
ބެލްޖިއަމް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޑިޑިއަރ ވެންޑަރހެސްލްޓް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތައް ފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ، ބެލްޖިއަމްގެ އާސަފީރާ ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ މެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި، އިޢާދަކުރަނިވި ހަކަތައާއި، ފަތުރުވެރިކަމާއި، ބައިނަލްއަޤްވާމީ ވިޔަފާރީގެ ދާއިރާއިން އެއްބާރުލުންދީ ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ، އައު ސަފީރުގެ ދައުރުގައި ކާމިޔާބީއަށް އެދިވަޑައިގެން، ކުރިޔަށް އޮތް މުސްތަޤުބަލުގައިވެސް އެކުގައި މަސައްކަތް ކުރެއްވުމުގެ ޝައުޤުވެރިކަން ފާޅު ކުރައްވާފައެވެ.
ސްވިޑެންގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޖޭން ތެސްލެފް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުވުމުގެ ރަސްމިއްޔާތުވެސް އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިރަސްމިއްޔާތައްފަހުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ސްވިޑެންގެ ސަފީރާއި ބައްދަލު ކުރައްވައި، ތަޙްނިޔާ ދަންނަވައި، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިބައްދަލުވުކުރެއްވުމުގައި، ސްވިޑެންގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، އެޤައުމުގައި ދިވެހިރާއްޖޭގެ ގިނަ ދަރިވަރުން ތަޢުލީމު ޙާސިލްކުރަމުންދާކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ސްވިޑެންގެ ސަފީރުގެ މިބައްދަލު ކުރެއްވުން ނިންމަވާލެއްވީ، ދެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ކުރިޔަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން އަރުވަމުންނެވެ.
މިއަހަރު ދިވެހިރާއްޖެއިން ސްވިޑެންއާ ސިޔާސީ ގުޅުން ޤާއިމްކުރިތާ 45 އަހަރު ފުރޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު