އެމްއެމްޕީއާރުސީގެ މައްސަލައިގައި ސިފައިންގެ ލެފްޓިނެންޓް ކާނަލެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ބުނީ އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ ކ.މާލެ މ. ކަށިމާގެ އިބްރާހީމް ނަވީން ޒުބައިރުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ.
މިމައްސަލައިގައި އިބްރާހީމް ނަވީން ޒުބައިރުގެ މައްޗަށް ދަޢުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ރިޝްވަތު ހިފުމާއި، ރިޝްވަތު ލިބިގަތުމަށް އެދުމާއި، ރިޝްވަތު ލިބިގަތުމަށް އެއްބަސްވުމާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކެޕްޓަންއެއްގެ މަޤާމުގައިހުރެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި މީހަކަށް ނުވަތަ ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ އިތުރުން، ރިޝްވަތުގެ ކުށުން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި ބޭނުންކުރުމުގެ ކުށާއި، މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނަވީން ހުންނެވީ ސިފައިންގެ ލެފްޓިނެންޓް ކާނަލްގެ ރޭންކުގައެވެ.
އޭސީސީން ވަނީ މި މައްސަލަިއގައި ދަޢުލަތަށް ލިބެންޖެހޭ އެއްލައްކަ އެމެރިކާ ޑޮލަރު އަނބުރާ ހޯދުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް އަންގާފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ނަވީން ވަނީ މީގެކުރިން އޭނާ ހުންނެވި ކެޕްޓަންގެ މަގާމުން ސަސްޕެންޑްކޮށްފައެވެ. ނަމަވެސް އޭނާގެ ސަސްޕެންޝަން އުވާލުމަށްފަހު، އޭނާއަށް 2019 ވަނަ އަހަރު ޕްރޮމޯޝަންވެސް ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު