ކ. މާފުށިން 300 ގޯތި ދޫކުރުމަށް ނިންމައިފިއެވެ.
މާފުށިން ގޯތި ދޫކުރުމަށް ހުޅުވާލާފައިވަނީ އަލަށް ހިއްކި ބިމުންނެވެ.
މާފުށީ ކައުންސިލުން ބުނީ ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭންގައި ބަޔާންކޮށްފައިވާ ގޮތަށް ކައުންސިލްގެ އިޚްތިޞާސްގައި ހިމެނޭ ބިމުގެ ސަރަހައްދުން ދިރިއުޅުމަށްޓަކައި 2000 އަކަފޫޓްގެ 308 ގޯތި ދޫކުރުމަށް އަމަލުކުރާނެ ގޮތެއް ކަނޑައަޅާ، 26 ފެބްރުވަރީ 2023 ވަނަ ދުވަހުގެ ބޭއްވި އާންމު ޖަލްސާއިން އެކަން ފާސްކޮށްފައިވާކަމަށެވެ.
ކައުންސިލުން ބުނީ "ކ. މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު"ގެ ދަށުން، ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކޮށް ބެލެހެއްޓުމަށް ވަގުތީ ކޮމެޓީއެއް އެކުލަވާލަންޖެހޭ ކަމަށެވެ. އަދި އެ އުސޫލުވެސް އެކުލަވާލާފައިވާކަމަށް ކައުންސިލުން ބުނެއެވެ.
މާފުށިން އަލަށް ހިއްކި ބިމުން މިމަހު ގޯތިދޫކުރަން ފަށާނެކަމަށް އެރަށު ކައުންސިލުން އޮތީ ކުރިން ހާމަކޮށްފައެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް ގެސްޓް ހައުސް ވިޔަފާރިކުރަމުން އަންނަ އަދި އެންމެ ބޮޑު އަދަދެއްގެ އާމްދަނީއެއް ވަންނަ މާފުއްޓަކީ ގިނަ ބަޔަކު ވިޔަފާރިކުރަން ޝައުގުވެރިކަން އޮތް ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު