ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސްގެ ތޮއްޖެހިފައިވާ މާރުކޭޓެއްގައި ބޮމެއް ގޮއްވާލައި ހަތަރު މީހަކު މަރުވެ 14 މީހަކު ޒަޚަމްވެއްޖެއެވެ.
ޕާކިސްތާނުގެ މަސްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގައި ބަލޫޗިސްތާން ޕްރޮވިންސްގެ ވެރިރަށް ކުއެޓާގެ އިރުމަތީގައި، ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އޮންނަ ބަރްޚާންގައި ހުކުރު ދުވަހު ދިން ހަމަލާގެ ޒިންމާ، މިހާތަނަށް އެއްވެސް ޖަމާއަތަކުން ނަގާފައެއް ނުވެއެވެ.
އެ ސަރަހައްދުގެ ފުލުހުންގެ ވެރިޔާ ސައްޖާދު އަފްޒަލް ވިދާޅުވީ ބޮން ގޮއްވާލާފައިވަނީ ސައިކަލެއްގައި ބޮން ހަރުކޮށްގެން ކަމަށް ބެލެވޭ ކަމަށާއި، އެ ބޮން ގޮއްވާލާފައިވަނީ ރިމޯޓް ކޮންޓްރޯލުންކަމަށެވެ. ސަލާމަތީ ފަރާތްތަކުން ޒަޚަމްވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، މާރުކޭޓުގެ ބައެއް ފިހާރަތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އަފްޒަލް ވިދާޅުވިއެވެ.
ބަލޫޗިސްތާނުގެ ޗީފް މިނިސްޓަރު ޢަބްދުލްޤުދޫސް ބިޒެންޖޯ ވަނީ އެ ބޮމުގެ ހަމަލާއަކީ ނިރުބަވެރި ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވައި އެކަން ކުށްވެރި ކުރައްވާފައެވެ. ނިރުބަވެރިން އެމީހުންގެ ނުބައި ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި މިފަދަ ހަމަލާތަކުގެ ތެރެއިން ހަލަބޮލިކަން އުފައްދަން މަސައްކަތް ކުރިޔަސް، ދައުލަތާ ދެކޮޅު އެފަދަ ފަރާތްތަކަށް އެކަން ކާމިޔާބުކުރުމަށް ފުރުޞަތު ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރޭގަނޑު ހިނގި އެހެން ހާދިސާއެއްގައި އެ ޕްރޮވިންސްގެ ޚުޒްދާރު މަޑުލުގައި ފުލުހުންގެ ކާރެއްގައި ހަރުކޮށްފައިވާ ދަގަތްފާނު ބޮމެއް ގޮވައިގެން ދެ ފުލުހަކު ވަނީ މަރުވެފައެވެ. އަދި އިތުރު ދެ ފުލުހެއްގެ ހާލު ސީރިއަސް ކަމަށް ވެސް ޚަބަރުލިބެއެވެ.
ޕާކިސްތާނުގެ ސަރުކާރާއި ޕާކިސްތާނުގެ ޠާލިބާނުންނާ ދެމެދު މަސްތަކެއް ވަންދެން ކުރިއަށް ގެންދިޔަ ސުލްހައިގެ މަޝްވަރާތައް މިދިޔަ އަހަރު ކޮޅެއްގައި ނުޖެހި ނިމިގެން ގޮސްފައިވާއިރު، ޕާކިސްތާނުގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެ އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ވަނީ އަނިޔާވެރިކަން އިތުރުވެފައެވެ.
ހަތިޔާރު އެޅި ހަނގުރާމަވެރިންނާއި، ވަކިވެގަންނަން މަސައްކަތްކުރާ ޖަމާއަތްތަކު އާއްމު އަމާޒުފަތްގަނޑަކަށް ވެފައިވާ ބަލޫޗިސްތާނަކީ އަފްޣާނިސްތާނާއި އީރާނާ ދެމެދު އޮންނަ ޕާކިސްތާނުގެ އެންމެ ބޮޑު ޕްރޮވިންސެވެ.

ކިޔުންތެރިންގެ ހިޔާލު