ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހުން ސިޔާސީ ލީޑަރުން ފިޅާވަޅު ދަސްކުރަންޖެހޭ ކަމަށް އެޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ނިންމުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން އެޕާޓީގެ ނައިބް ލީޑަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ވިދާޅުވީ ގާސިމްގެ ސިޔާސީ ތަޖުރިބާއާއި، ވިޝަންއާއި، ކޮލިޓީން ހުރިހާ ސިޔާސީ ބޭފުޅުންވެސް ފިލާވަޅު ދަސްކުރަން ޖެހޭނެ ކަމަށެވެ.
އެހެންކަމުން ސިޔާސީ ލީޑަރުން ގާސިމްގެ އަރިހުން ފިލާވަޅު ދަސްކުރުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެކަމުން ފައިދާތަކެއް ކުރާނެ ކަމަށް އަމީން ވިދާޅުވިއެވެ. އަމީން ވިދާޅުވީ ރާއްޖެ ކުރިއަރުވައި ތަރައްގީ ކުރަން ބޭނުންވާނަމަ ކުރަންޖެހޭ ކަމަކީ މޮޅެތި ވާހަކަ ދެއްކުމެއް ނޫން ކަމަށާއި އަދި ބޮޑެތި ޖަލްސާތައް ބާއްވައިގެން މީހުން "ބޯ" ކެއުމެއް ވެސް ނޫން ކަމަށެެވެ. އޭގެ ބަދަލުގައި އެންމެ އިސްކަންދޭންޖެހޭ ކަމަކީ ހަރުދަނާ ނިޒާމެއް ގާއިމްކޮށް އެ ނިޒާމްގައި ހިފަހައްޓަން ކަމަށް އަމީން ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ކޮމިޓްމަންޓް ދޭންވީ މިތަނުގައި ހަރުދަނާ ނިޒާމެއް ގާއިމްކޮށްފައި އެނިޒާމްގައި ހިފަހައްޓަން، މިތަނުގައި ރަނގަޅު އުސޫލުތަށް ގާއިމްކޮށްފައި އެ އުސޫލުތަކުގެ މަތީގައި ދެމި ތިބެން. އެކަން ކުރެވޭނީ އެކަމުގެ ލަޔަގާތާއި ގާބިލިއްޔަތު ހުރި މީހަކަށް. އެކަން ކުރެވޭނީ އެކަމުގެ ފަންނުވެރިއަކަށް. ފާޑުވެރިއަކަށް. އަޅުގަނޑުގެ ވިސްނުމުގައި މިކަން ތަޖުރިބާއިން ދައްކަވައި ދެއްވާފައިވަނީ ލީޑަރު ގާސިމް އިބްރާހިމް." ގާސިމް އަރިހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަށްވާފައިވާ އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން އަމީން ވިދާޅުވީ ގާސިމް އަމިއްލަފުޅު އިސްނެންގެވުމުގެ މަތިން ކިޔަވައިދިނުމުގެ މަސައްކަތާއި ރައްޔިތުންނަށް ފައިދާ ހުރި ހިދުމަތްތަކުގައި ދުނިޔޭގެ ފެންވަރުގެ ފުރިހަމަ ވިސްނުން ނެރުއްވައި ރައްޔިތުންނަށް އެންމެ ބޮޑަށް އުނދަގޫވެފައިވާ ދާއިރާތަކުގައި އިންވެސްޓް ކުރަށްވައި ނިޒާމެއް ގާއިމް ކުރަށްވާފައިވާ ކަމަށެވެ. އަމީން ވިދާޅުވީ ގާސިމްގެ ޚިދުމަތްތަކަކީ ވިޔަފާރި އެއްގޮތަށް ބައެއް ބޭފުޅުން ދެކެވަޑައިގެންނަވާ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ނަޒަރުގައި އެއީ ގާސިމް ކުރަށްވާ ޚިދުމަތެއް ކަމަށް އަމީން ވިދާޅުވިއެވެ.
"އެފަދަ ހަރުދަނާ ވަރުގަދަ ނިޒާމް ތަކެއް ގާއިމް ކުރަން އެނގޭ އެ ގާބިލްކަން ހުރި ބޭފުޅަކު އެބޭފުޅެއްގެ ތަޖުރިބާއާއި އެބޭފުޅެއްގެ ވިސްނުން އަޅުގަނޑުމެން ގަބޫލުކޮށްގެން ހޯދަަައިގެން ކުރިއަށްދާން އުޅޭ ކަމަށް ވައްޏާ އަޅުގަނޑަށް ޔަގީން ދިވެހި ރާއްޖެ ތަރައްގީގެ ރޭހުގައި މެކުހަށް ޖަހާނެ." ޖުމުހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު