ރައްޔިތުން ފެލާލައިގެން ފައިސާ ހޯދުން ދިވެހި ގައުމީ ބޭންކް، ބީއެމްއެލުން ހުއްޓާލަން ޖެހޭ ކަމަށް މޯލްޑިވިސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ރަައީސް، މުޙައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެއެވެ.
އެމްއެންޕީން ރައްޔިތުންގެ އުދާސް މިނަމުގައި މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ އަބަދުވެސް މި ފެންނަނީ ބީއެމްއެލުން ފައިސާ ގެއްލޭތަން ކަމަށެވެ. އެގޮތުން މި ފަހުންވެސް އެތައް ބައެއްގެ އެކައުންޓުން ފައިސާ ގެއްލުނު ކަމަށް ބުނެ އެ ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައި ކަމަށް ނާޒިމް ވިދާޅުވިއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ ރައްޔިތުން އަތުން ފެލާލައިގެން ފައިސާ ހޯދުން ބީއެމްއެލުން ހުއްޓާލަން ޖެހޭ ކަމަށެވެ. ޒިންމާދާރުކޮށް ބޭންކު ނުހިނގާކަން ފާހަގަކުރައްވަމުން މުޙައްމަދު ނާޒިމް ވިދާޅުވީ ކޮންމެ އަހަރަކު ބޭންކަށް ބޮޑު ފައިދާއެއްވާއިރުވެސް ރައްޔިތުންނަށް އެކަމަކުން ލިބޭ މަންފާއެއް ނެތް ކަމަށެވެ. ނަމަވެސް އެމްއެންޕީގެ ވެރިކަމެއްގައި އެކަން ބަދަލުކޮށްލާނެ ކަމުގެ ޔަގީންކަން ނާޒިމް ވަނީ ދެއްވާފައެވެ.
"އަޅުގަނޑުމެން ބޭންކް އޮފް މޯލްޑިވްސް ހަމަޔަކަށް އަޅުވާނަން. ރައްޔިތުންނަށް ފައިދާވާ ގޮތަށް ބޭންކު ބަދަލުކޮށްލާނަން." ދަނގެތީ ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެމްއެންޕީގެ ވެރިކަމެއްގައި ބޭންކުން ދޫކުރާ ލޯނަކީ ރައްޔިތުންނަށް ލުއި ލޯނުތަކަކަށް ހައްދަވާނެ ކަމަށެވެ. އެމްއެންޕީގެ ވެރިކަމެއްގައި ބޭންކު އޮފް މޯލްޑިވްސް އަކީ ރައްޔިތުންނަށް ފައިދާވާ ފަދަ ބޭންކަކަށް ހައްދަވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު