ކުރީގެ ރައީސް، މުހައްމަދު ނަޝީދާ ނުލާ އެމްޑީޕީ ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމުހޫރީ ޕާޓީގެ ހަތަރު ވަނަ ގައުމީ ޖަލްސާ ނިއްމުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ލީޑަރު ގާސިމް ވިދާޅުވީ ނަޝީދާ ނުލާ އެމްޑީޕީ އޮންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެއީ އެމަނިކުފާނުގެ ވިސްނުންފުޅު ކަމަށެވެ. އެމްޑީޕީ އުފެެއްދި ބޭފުޅުންގެ ތެރޭގައި އެމަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އެގޮތުން އެމްޑީޕީ އުފެއްދުމަށް އެންމެ ބޮޑު "ރިސްކެއް" ނަގަައިގެން މަސައްކަތް ކުރެއްވީ އެމަނިކުފާނު ކަމަށް ގާސިމް ވިދާޅުވިއެވެ.
"އެމްޑީޕީ މަނިކުފާނާ ނުލައެއް އޮންނާނެ އެއްޗެއް ކަމަކަށް ގަބޫލެއް ނުކުރަން. އެއީ އަޅުގަނޑުގެ ވިސްނުން." ރަައީސް ނަޝީދު ބައިވެރިވެވަޑައިގެން އިންނެވި އެ ރަސްމިއްޔާތުގައި ގާސިމް ވިދާޅުވި އެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ނަޝީދަށް ވެރިކަން ގެއްލުނީ ދުނިޔޭގެ ކަންކަމުގައި ތަޖުރިބާ ހުންނަންޖެހޭ ވަރަށް ލިބިފައި ނެތުމުން ކަމަށާއި އޭގެ ސަބަބުން "ގޯހެއް" ހެދުނީ ކަމަށެވެ. އަދި މިހާރު އެކަން ރަނގަޅުވެފައި ހުންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ގޯހެއް ހެދުމުން އެ ގޯސް ހެދުނު މީހާ ނޭދުނަސް އެކަމަށް މައާފު ކުރަން ޖެހޭނެ ކަމަށެވެ. އެހެން ނޫންނަމަ ދެން ރޯވާނީ ފިތުނަ އާއި ފަސާދައިގެ ހުޅުގަނޑު ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު