އިންތިހާބަކުން ނާކާމިޔާބުވީމާ އެކަމާ ދެރަވެ އެކަން ގަބޫލުނުކުރާ މީހުން އިންތިހާބަށް ކުރިމަތިލައިގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެެމްބަރު އަދި ފިޝަރީޒް މިނިސްޓަރު ޑރ ހުސެއިން ރަޝީދު ހަސަން މިރޭ ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ޙަސަން ވިދާޅުވީ އިންތިހާބަކުން ނާކާމިޔާބުވީމާ އެކަމާ ދެރަވެ އެކަން ގަބޫލުނުކުރާ މީހުން އިންތިހާބަށް ކުރިމަތިލައިގެން ނުވާނެ ކަމަށެވެ.
ޑރ.ހުސައިންް ވިދާޅުވީ ބަލިވީމާ ބަލި ގަބޫލުކުރެވެން ޖެހޭނެ ކަމަށެވެ. އެހެންކަމުން ޑިމޮކްރަޓިކް އުސޫލުން ކަންކަމާ ކުރިމަތިލައިގެން ތިމާއަށް ވޯޓްލާ މީހުންގެ ތެރޭގައި އޮތް ތާއީދަކީ ކިހާ ވަރެއްގެ ތާއީދެއްކަން ދޭތެރެ ދޭތެރެއިން ޓެސްޓްކޮށްލަން ޖެހޭނެ ކަމަށް ޑރ ހުސެއިން ވިދާޅުވިއެވެ.
ޑރ ހުސެއިން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އެތެރޭގެ ވާދަވެރި އިންތިހާބުގައި އޭނާއަށް ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. އެގޮތުން ނާކާމިޔާބީ އަކީ އެއްވެސް މައްސަލަ އެއް ނޫން ކަމަށް ޑރ. ހުސެއިން ވިދާޅުވިއެވެ.
"އިންތިޚާބަކުން ނާކާމިޔާބުވީމާ އެކަމާ ދެރަވެ އެކަން ގަބޫލު ނުކުރާ މީހުން އިންތިޚާބާއި ކުރިމަތިލަަައިގެން ނުވާނެ،، ލަައިގެން ނުވާނެ ބަލި ގަބޫލު ކުރެވެން ޖެހޭނެ އެހެންވީމަ ޑިމޮކްރަޓިކް އުސޫލުން ކަންކަމާއި ކުރިމަތިލަަަައިގެން ތިމާ އަށް ވޯޓްލާ. މީހުންގެ ތެރޭގައި އޮތް ތާއިދަކީ ކިހާވަރެއްގެ ތާއިދެއްކަން ދޭތެރެ ދޭތެރެއިން ޓެސްޓް ކުރަންޖެހޭނީ،" އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުމުން ބަލި ގަބޫލު ކުރަށްވަން ދެކޮޅު ހެއްދެވި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެން އިންނެވި ރަސްމިއްޔާތުގައި ޑރ.ހުސައިން ވިދާޅުވިއެވެ.
ޑރ ހުސެއިން ވިދާޅުވީ އޭނާ އަކީ އިންތިހާބަކުން ނާކަމިޔާބުވީމާ ފިލާ އޮންނަ މީހެއް ނޫން ކަމަށެވެ. އަދި އޭނާ އަކީ މަސް ނުބެވުނީމާ ކަނޑު ނުބައިކުރާ ގޮތަށް ކާމިޔާބު ނުލިބުނީމާ ފަހަތަށް ޖެހި ފިލާ މީހެއް ނޫން ކަމަށް ޑރ.ހުސެއިން ވިދާޅުވިއެވެ.
"އަޅުގަނޑު މިދަންނަވަނީ ވަރަށް ޔަގީންކަމާއެކު ތިބޭފުޅުންނަށް، ޖުމްހޫރީ ޕާޓީ ޕާޓީގެ ގޮތުގައި އޮތްހާ ދުވަހަކު އެޕާޓީގެ ރަޖިސްޓްރީގައި އަޅުގަނޑުގެ ނަން އޮންނާނެ." ޑރ.ހުސެއިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު