ތ. ބުރުނީގައި ރުކަކުން ޖެހި މީހަކު މަރުވެ އިތުރު ތިން މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.

ތ. ބުރުނީ ކައުންސިލުން ބުނީ މިއަދު ހަވީރު 4:40 ހާއިރު ހިނގި މ ހާދިސާގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ. ނަމަވެސް، އިތުރު ފަރުވާ ދިނުމަށް ދ. ކުޑަހުވަދޫގައި ހިންގާ އަތޮޅު ހޮސްޕިޓަލަށް އެމީހުން ފޮނުވާލާފައިވާ ކަމަށް އެކައުންސިލުން ބުނެއެވެ.

މިހާދިސާ ހިނގާފައިވަނީ އެކްސްކަވޭޓަރަކުން ރުއްތަކެއް ނެގުމުގެ މަސައްކަތް ކުރަނިކޮށް، ރުކެއް ވެއްޓިގެންނެެވެ. އެ ހާދިސާ ހިނގާފައި ވަނީ ގެއެއްގެ ރުއްތަކެއް ނަގައި އެ ރުއްތައް އެއް ކައިރިއަކަށް ޖެއްސުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ރުކެއް ކަހާލަައިގެން ގޮސް ޖެހިގެންނެވެ. މިހާދިސާގަައި ބިދޭސީއަކު މަރުވެފައިވާއިރު އަނިޔާވެފަަަައިވަނީ އެމަސައްކަތުގައި އުޅުނު ބިދޭސީންތަކަކަށެވެ.

ކުޑަހުވަދޫ ހޮސްޕިޓަލުން ބުނީ މިހާދިސާގައި މަރުވި މީހާއާއި އަނިޔާވި ދެ މީހުންނަކީ އިންޑިއާ މީހުން ކަމަށެވެ. ދެން ހިމެނެނީ ބަންގްލަދޭޝް މީހެއްް ކަމަށް އެ ހޮސްޕިޓަލުން ބުންޏެެވެ.

މިހާދިސާ އާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު