ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރުންގެ ގޮތުގައި ބޭފުޅުންތަކެއް މިރޭ ހަމަޖައްސަވައިފި އެވެ.

ޖުމުހޫރީ ޕާޓީގެ ގައުމީ ޖަލްސާ ނިންމުމުގެ ރަސްމިއްޔާތުގައި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ހަމަޖެއްސެވި އެއްބޭފުޅަކީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ.

އިތުރު އެޑްވައިޒަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ގެމަނަފުށި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދާއި، ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދާއި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާނާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދުގެ އިތުރުން ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒެވެ.

އެ ބޭފުޅުންނަށް މިރޭ ވަނީ އެޑްވައިޒަރު ކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ. އެބޭފުޅުންނަށް ލިޔުން ހަވާލުކުރެއްވީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.



ކިޔުންތެރިންގެ ހިޔާލު