ހުޅުމާލޭގައި އޮފީސް އިމާރާތް ހަދަން ބިން ވިއްކުމަށް އެޗްޑީސީން ފުރުސަތު ހުޅުވާލައިފިއެވެ.
އެޗްޑީސީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލެއިން 6،100 އަކަފޫޓުގެ ތިން ޕްލޮޓަކާއި 9،600 އަކަފޫޓުގެ ދެ ޕްލޮޓުގައި އޮފީސް އިމާރާތް ހަދަން ހުޅުވާލައިފައިވާ ކަމަށެވެ. އަދި ސަތޭކަ ޕަސެންޓު ދިވެހި ވިޔަފާރިތަކަށް ހުޅުވާލި މި ފުރުސަތުގައި އަކަފޫޓެއް ވިއްކަން ހަމަޖެހިފައިވާ އެންމެ ކުޑަ އަގަކީ 4،500ރ. ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
އެ ރޭޓުން ބަލައިފި ނަމަ 6،100 އަކަފޫޓުގެ ޕްލޮޓެއްގެ އަގު 28 މިލިއަން ރުފިޔާއަށް އަރާއިރު އެ ރޭޓުން 9،600 އަކަފޫޓުގެ ބިމެއްގެ އަގު އަރަނީ 43 މިލިއަން ރުފިޔާ އަށެެވެ.
އެޗްޑީސީން ބުނީ އޮފީސް އިމާރާތް އެޅުމަށް 6،100 އަކަފޫޓުގެ ބިމަކަށް އެދޭ ނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000ރ. ހުށަހަޅަން ޖެހޭ ކަމަށެވެ. އަދި 9،600 އަކަފޫޓުގެ ބިމަކަށް ނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި 1،000،000ރ. ހުށަހަޅަން ޖެހޭ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނިގޮތުގައި މި އިމާރާތްތައް އަޅަން ހަމަޖެހިފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓާ ސަރަހައްދުގެ ބައެއް ބިން ތަކުގައެެވެ. އެ ސަރަހައްދަކީ މިހާރު ވެސް ބައެއް އޮފީސް އިމާރާތްތައް ހަދަމުން އަންނަ ސަރަހައްދެކެވެ.
އެގޮތުން އުރީދޫއާއި އިސްލާމިކް ބޭންކާއި ސީއެމްޑީއޭއަށް ވެސް އޮފީސް އިމާރާތްކުރަން އެ ހިސާބުން ބިން ދޫކޮށްފައިވާ ކަން ފާހަގަކުރެވެއެވެ. އަދި އެ ހިސާބުގައި ސަރުކާރުން ދާދިފަހުން ވަނީ އުމަރު ޒާހިރު އޮފީސް ބިންޑިންގެ ނަމުގައި އޮފީސް އިމާރާތެއް އަޅައި ސަރުކާރުގެ ބައެއް މިނިސްޓްރީތައް އެ އިމާރާތަށް ބަދަލުކޮށް ހިންގަން ފަށާފައެވެ.
އޮފީސް އިމާރާތް ހަދާ އިރު ކޮމާޝަލް ބައެއް ވެސް ހިމަނާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ބޭސްމެންޓް ޕާކިން އޭރިއާއެއް ވެސް ހިމަނަން ޖެހޭއިރު ކެފޭ އާއި ރެސްޓޯރެންޓްތައް ވެސް އެ އިމާރާތުގައި ހުންނަންޖެހެއެވެ.
ހުޅުމާލޭގައި އޮފީސް އިމާރާތް އަޅަން އެދޭ ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް، ޕްރޮޕޯސަލް ހުށަހެޅުމަށް އެޗްޑީސީން ދީފައިވަނީ 10 ދުވަހުގެ މުހުލަތެވެ. އެކަމަށް އެދި ބިޑަށް ހުށަހަޅަން ޖެހެނީ އެޗްޑީސީގެ ވެބްސައިޓުގައިވާ ޕޯޓަލަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު