އަހުމަދު މަސްނޫމް   26 ފެބްރުއަރީ 2023 - 21:8
ލ. އަތޮޅު ފޮނަދޫއިން ފެނުގެ ހިދުމަތް މެދު ކެނޑިއްޖެއެވެ.

ފޮނަދޫ ފެނަކަ ބްރާންޗުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފެނުގެ ހިދުމަތަށް ދިމާވި މައްސަލައަކާއި ގުޅިގެނ މުޅި ރަށުން ފެނުގެ ހިދުމަތް ކެނޑިފައިވާ ކަމަށެވެ. އަދި ފެނުގެ ހިދުމަތް އަލުން ފޯރުކޮށްދިނުމަށްޓަކައި ފެނަކަ ޓީމުން މަސައްކަތް ކުރަމުންދާ ކަމަށާއި މައްސަލަ ހައްލުވިހާ އަވަހަކަށް ފެނުގެ ހިދުމަތް އަލުން ފޯރުކޮށްދޭނެ ކަމަށް އެ ބަޔާނުގައިވެއެވެ. އަދި އެކަމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް އެ ބްރާންޗުން ވަނީ މާފަށް ވެސް އެދިފައެެެވެ.

ފޮނަދޫއަށް މީގެ ކުރިން ވެސް ފެން ކެނޑުމުގެ މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން  މިދިޔަ މަހު ވެސް އެރަށުގައި ފެން ކެނޑުމުން އެދުވަހު ވެސް ފެން ނުލިބި އާންމުންނަށް ދަތިތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު