އަހުމަދު މަސްނޫމް   26 ފެބްރުއަރީ 2023 - 16:43
ދިވެހި ފުލުހުން ޓޭޒާ ބަޑި ބޭނުންކުރަން ފަށައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވީ ފުލުހުން ޓޭޒަރ ގަން މިއަދުން ފެށިގެން ބޭނުންކުރަން ފަށާފައިވާކަމަށެވެ.

ކޮމިޝަނަރ ވިދާޅުވީ ޓޭޒާ ބަޑި ބޭނުންކުރާނީ ފުލުހުން ތެރޭގައި ހިމެނޭ ސާޖަންޓު ރޭންކާއި އެ ރޭންކުން ފެށިގެން މަތީ ރޭންކުތަކުގެ އޮފިސަރުންގެ ތެރެއިން އެކަމާއި ގުޅޭ ތަމްރީން ލިބިފައިވާ އޮފިސަރުންކަމަށެވެ.



މިއީ ރާއްޖޭގައި ޓޭޒާ ގަން ބޭނުންކުރަން ފަށާ ފުރަތަމަ ފަހަރެވެ.

މީގެކުރިން ފުލުހުން ބުނީ ރާއްޖޭގައި ބޭނުން ކުރަން ތައްޔާރުވާ ޓޭޒާ ގަންއަކީ އެމެރިކާގައި ތައްޔާރުކޮށް، މިހާރު ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ބޭނުން ކުރަމުންދާ އެއްޗެއް ކަމަށެވެ.

ޓޭޒާ-7ގެ މި ގަންއަކީ މިމޮޑެލްގެ އެންމެފަހުގެ ވާޝަންއެވެ. މި ގަން ނިމިދިޔަ ވޯލްޑްކަޕްގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ޤަތަރުގައިވެސް ވަނީ ބޭނުންކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު