،މާފަންނު ބީޖީ ގަރާޖު ކައިރީގައި ހުރި ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ޙަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ފުލުހުން ބުނީ މިމައްސަލައިގައި ހައްޔަރުކުރީ 20 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އެމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ޖަހައިދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މާފަންނުގައި ހުންނަ ފިހާރައެއްގެ ތެރޭގައި ހަމަލާދީ ޒަހަމްކޮށްލީ ޢުމުރުން 30 އަހަރުގެ ފިރިހެނެކެވެ. އެމީހާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައިކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ. ނަމަވެސް ލިބިފައިވާ ޒަޚަމްތަކުގެ ތަފްސީލު މިހާތަނަށް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ މިމައްސަލަ ތަޙުގީގުކުރަމުންދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު