ސަފާރީއެއްގައި ރޭޕްކުރިކަމަށް ބުނާ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ސަފާރީއެއްގައި ރޭޕްކުރިކަމަށް ބުނާ މައްސަލައެއް ބަލަނީ ފުލުހުންނަށް އެފަދަ މައްސަލައެއް ރިޕޯޓްކޮށްގެން ނޫންކަމަށެވެ. ނަމަވެސް އެކަން ފުލުހުންގެ ސަމާލުކަމަށް އައުމުން އެމައްސަލަ ބަލަމުންދަނީ ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަފާރީއެއްގައި ރޭޕްކުރިކަމަށް ބުނެ ވާހަކަ ދައްކާފައިވަނީ ސޯޝަލް މީޑިއާގައެވެ. އެގޮތުން ރޭޕްގެ ޝިކާރައަކަށްވީ ބިދޭސީ އަންހެނެއްކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އޭގެ އެއްވެސް ތެދު ދޮގެއް ޔަގީނެއް ނޫނެވެ.



ކިޔުންތެރިންގެ ހިޔާލު