އަހުމަދު މަސްނޫމް   26 ފެބްރުއަރީ 2023 - 12:5
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޭޕްރިލް 15 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި މިވަނީ އެ ދާއިރާގެ މަޖިލިސް މެމްބަރަކަށް ހުންނެވީ އިބްރާހީމް ރިޒާ އަވަހާރަވުމާއި ގުޅިގެނެވެ. އޭނާ އަވަަހާރަވީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން 2023 އޭޕްރިލް 15 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އީ.ސީން މިއަދު ނިންމާފައިވާކަމަށެވެ. އަދި އެގޮނޑިއަށް ވާދަކުރަށްވާ ފަރާތްތަކުން ހުށަހަޅާ ފޯމު ބަލައިގަތުން މާދަމާއިން ފެށިގެން ކުރިއަށްދާނެކަމަށްވެސް އިލެކްޝަންސުން ބުނެއެވެ.



19 ވަނަ މަޖިލިސް މެމްބަރަކަށް ހުންނަވަނިކޮށް ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު މިދިޔަ އަހަރު އަވަހާރަވެގެން އެދާއިރާގެ ގޮނޑިވެސް ހުސްވިއެވެ. އޭނާ އަވަހަރާވުމާއި ގުޅިގެން ބޭއްވި ބައި އިލެކްޝަން ކާމިޔާބުކުރީ ހުސައިން ވަހީދު ނިސްބަތްވާ އެމްޑީޕީގެ ކެނޑިޑޭޓެވެ.

ބެލެވޭ ގޮތުގައި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައިވެސް އެމްޑީޕީއާއި ޕީޕީއެމުން ވާދަކުރާނެއެވެ.



ކިޔުންތެރިންގެ ހިޔާލު