ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މަސައްކަތް ނުކުރަށްވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވީ އެފަދަ އެއްވެސް މަސައްކަތެއް އެއްވެސް މީހަކު ނުކުރާ ކަމަށެވެ. އެއީ ނަޝީދުގެ ފެކްޝަނުން އަމިއްލައަށް ދައްކައިގެން އުޅޭ ވާހަކައެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ނަޝީދު މަޖިލިސް ރައީސްކަމުން ދުރުކުރުމުގެ މަސައްކަތް ނުކުރައްވާކަމަށް ފައްޔާޒު ވިދާޅުވެފައިވާއިރު ނަޝީދު މަގާމުން ވަކި ކުރަން ވޯޓު ހަމަކުރުމަށް މަސައްކަތް ފަށައިފިނަމަ ރައީސް ޞާލިހު މަޤާމުން ވަކި ކުރުމުގެ މަސައްކަތް ފަށާނެކަމުގެ އިންޒާރު އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމް މިއަދު ވަނީ ދެއްވާފައެވެ.
ބައެއް މީޑިޔާތަކަށް މައުލޫމާތު ދެެއްވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސްކަމުގެ މަޤާމުން ރައީސް ނަޝީދު ވަކި ކުރުމުގެ މަސައްކަތް ކުރުމަށް ހުށައަޅަން ބޭނުންވާ އަދަދަށް ވޯޓް ހަމަވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީއަށް ނަޝީދު ކޮށްދެއްވާފައިވާ ހިދުމަތަށް ބަލައި، އެފަދަ ނިންމުމެއް ނިންމުމަށް ޕާޓީގެ ތެރޭގައި "ރިލަކްޓަންސް"އެއް އުޅޭ ކަމަށް އަސްލަމް ވިދާޅުވިއެވެެ.

ކިޔުންތެރިންގެ ހިޔާލު