ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ކުރީގެ ރައިސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މަސައްކަތް ފަށައިފިނަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށާނެކަމުގެ އިންޒާރު މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ދެއްވައިފިއެވެ.
އާޒިމް މިހެން ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ތިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ނުކުރަށްވާނެ ކަމަށް ވިދާޅުވެ އަދި ކަނޑައެޅިގެން ރައީސް ސާލިހާ ދެކޮޅަށް މަސައްކަތް ކުރަށްވާތީ ގިނަބައެއްގެ ފާޑުކިޔުން ނަޝީދަށް އަމާޒު ވަމުންދާ ދަނޑިވަޅެއްގައެެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ކުރީގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ ރައީސް ނަޝީދު މަޖިލިސް ރައީސްކަމުން ވަކިކުރުމަށްޓަކައި ވޯޓު ހަމަކުރަން މަސައްކަތް ފަށައިފިނަމަ، ރައީސް ސޯލިހްގެ އިތުބާރު ނެތްކަމުގެ ވޯޓު ހަމަކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އާޒިމަށް ތާއިދު ކުރަށްވައި އުނގޫފާރު ދާއިރާގެ މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ، ނަޝީދު ތަގުރީރު ދެއްވީމާ ވާ ގޮތާއި މަޖިލިހުގެ ތަޅުމުގައި ކޮންމެ ޖަލްސާއަކު އެ ތަގުރީތުތައް ދެއްވަން ފައްޓަވައިފި ނަމަ ވާނެ ގޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މާ ބޮޑަށް ސާފުވާނެ ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދު މަގާމުން ވަކިކުރަން ރައީސް ސޯލިހަށް ކެރިވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރަން ބޭނުންވާ އަދަދު ހަމަވެފައިވާ ކަމަށެވެ. ނަމަވެސް އެފަދަ ނިންމުމެއް ނިންމަންވާނީ މުޅި އެމްޑީޕީގެ ރުހުން ހޯދައިގެން ކަމަށް އަސްލަމް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް މަގާމުން ވަކިކުރެވޭނީ މަޖިލީހުގައި މިހާރު ތިއްބަވާ 87 މެމްބަރުންގެ ތެރެއިން މަދުވެގެން 43 މެމްބަރުންގެ ވޯޓް ލިބިގެންނެެެވެ.

Majlis ge Raees vakikurumahtakai vote hamakuraan masaiykaiy fashaifi nama Raees Solih ge ithubaaru neiy kamuge vote hama kurumuge masaiykaiy alhugadumenves fashaanan. @MDPSecretariat #FikureggeDhirun
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) February 25, 2023
އާޒިމަށް ތާއިދު ކުރަށްވައި އުނގޫފާރު ދާއިރާގެ މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ، ނަޝީދު ތަގުރީރު ދެއްވީމާ ވާ ގޮތާއި މަޖިލިހުގެ ތަޅުމުގައި ކޮންމެ ޖަލްސާއަކު އެ ތަގުރީތުތައް ދެއްވަން ފައްޓަވައިފި ނަމަ ވާނެ ގޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މާ ބޮޑަށް ސާފުވާނެ ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދު މަގާމުން ވަކިކުރަން ރައީސް ސޯލިހަށް ކެރިވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރަން ބޭނުންވާ އަދަދު ހަމަވެފައިވާ ކަމަށެވެ. ނަމަވެސް އެފަދަ ނިންމުމެއް ނިންމަންވާނީ މުޅި އެމްޑީޕީގެ ރުހުން ހޯދައިގެން ކަމަށް އަސްލަމް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް މަގާމުން ވަކިކުރެވޭނީ މަޖިލީހުގައި މިހާރު ތިއްބަވާ 87 މެމްބަރުންގެ ތެރެއިން މަދުވެގެން 43 މެމްބަރުންގެ ވޯޓް ލިބިގެންނެެެވެ.
ކިޔުންތެރިންގެ ހިޔާލު