މިދިޔަމަހު ޖަލަށް ގެންދިޔަ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.
ކަރެކްޝަނަލް ސަރވިސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ހިންގާ ޖަލުތަކަށް މިދިޔަމަހު ވަނީ 52 މީހަކު ގެންގޮސްފައެވެ. އޭގެތެރެއިން 43 މީހުންނަކީ ހުކުމްކޮށްގެން ގެނައި މީހުންނެވެ. އަނެއް 19 މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންނެވެ.
މިދިޔަ މަހު ޖަލަށް ގެންދިޔަ 52 މީހުންގެ ތެރެއިން 55.8 އިންސައްތަ ނުވަތަ ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ގެންދިޔަ މީހުންނެވެ. އަދި އޭގެތެރެއިން 16.3 އިންސައްތަ މީހުންނަކީ ވައްކަމާއި ފޭރުމާއި ގުޅޭ މައްސަލަތަކުގައި ގެންދިޔަ މީހުންނެވެ. އަދި ހުއްދަ ނެތި އެހެން މީހުންގެ ތަންތަނަށް ވަނުމުގެ މައްސަލަތަކުގައި 7 އިންސައްތަ މީހުން ޖަލަށް ގެންދިޔަކަން ހިސާބުތަކުން ދައްކައެވެ. މިދިޔަ މަހު ޖަލަށް ގެންދިޔަ މީހުންގެ ތެރޭގައި ދެން ހިމެނެނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި މާރާމާރީގެ މައްސަލަތަކުގައި ހިމެނޭ މީހުންނެވެ.
ކަރެކްޝަނަލް ސާވިސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު 59 މީހަކު ވަނީ ޖަލުން ދޫކޮށްލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހުކުމް ތަންފީޒް ކުރަމުންދިޔަ 44 މީހަކާއި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ތިބި 15 މީހެކެވެ.
ދޫކޮށްލި މީހުންގެ ތެރެއިން 24 މީހަކު ދޫކޮށްލީ ހުކުމް ތަންފީޒްކޮށް ނިމުމުންނެވެ. 16 މީހަކު ކްލެމެންސީގެ ދަށުން ދޫކޮށްލާފައިވާއިރު 3 މީހަކު ދޫކޮށްލީ ޕެރޯލްގެ ދަށުންނެވެ. މީގެއިތުރުން ހުކުމް ބާތިލްކުރުމުންނާއި ރިމާންޑް އޯޑަރ ބާތިލުކުރުމުންވެސް ބައެއް މީހުން ދޫކޮށްލާފައިވެއެެވެ.

Monthly statistics of January 2023 pic.twitter.com/p90UsR9gLS
— Maldives Correctional Service (@CorrectionsMv) February 23, 2023
ކަރެކްޝަނަލް ސާވިސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު 59 މީހަކު ވަނީ ޖަލުން ދޫކޮށްލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހުކުމް ތަންފީޒް ކުރަމުންދިޔަ 44 މީހަކާއި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ތިބި 15 މީހެކެވެ.
ދޫކޮށްލި މީހުންގެ ތެރެއިން 24 މީހަކު ދޫކޮށްލީ ހުކުމް ތަންފީޒްކޮށް ނިމުމުންނެވެ. 16 މީހަކު ކްލެމެންސީގެ ދަށުން ދޫކޮށްލާފައިވާއިރު 3 މީހަކު ދޫކޮށްލީ ޕެރޯލްގެ ދަށުންނެވެ. މީގެއިތުރުން ހުކުމް ބާތިލްކުރުމުންނާއި ރިމާންޑް އޯޑަރ ބާތިލުކުރުމުންވެސް ބައެއް މީހުން ދޫކޮށްލާފައިވެއެެވެ.
ކިޔުންތެރިންގެ ހިޔާލު