ގައުމު ވެއްޓިފައި އޮތް ހިސާބުން ކުރިއަށް ގެންދެވޭނީ “ސްޓޭބަލް” ސަރުކާރެއް މި އަހަރު ގާއިމް ކުރެވިގެންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބާއި ދިމާކޮށް އެމްޑީޕީން ބައެެއް ޕާޓީތަކާއެކު ކޯލިޝަން ހަދަމުންދާތީ އެކަމަށް އިޝާރަތް ކުރަށްވައި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވީ ގައުމު ވެއްޓިފައި އޮތް ހިސާބުން ކުރިއަށް ގެންދެވޭނީ މި އަހަރު "ސްޓޭބަލް" ނުވަތަ ހަރުދަނާކަންމަތީގައި ހިނގާ ސަރުކާރެއް ގާއިމް ކުރެވިގެންކަމަށެވެ. އަދި އެ ފޯމިއުލާގެ މަންޒަރު މިދަނީ ކުރެހެމުން ކުލަޖެހެމުންކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އެ މަންޒަރުގެ ކުލަތައް ލަސްތަކެއްނުވެ ރައްޔިތުންނަށް ސާފުވާނެކަމަށް އިމްރާން ވިދާޅުވިއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަށްވާ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމަށް ގެނައުމަށް އެޕާޓީ އާއި ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީން މިހާރު ވަނީ ނިންމާފައެވެ. މީގެއިތުރުން ސަން ސިޔާމްގެ އެމްޑީއޭއިން ވެސް އިއްޔެ ވަނީ ރައީސް ސާލިޙަށް ތާއިދުކޮށް އެމްޑީޕީއާ ކޯލިޝަން ހެދުމަށް ނިންމާފައެވެ.

Qaumu vettifai oiy hisaabun kuriyah gendheveynee mi aharu stable sarukaareh qaaim kurevigen. E formula ge manzaru mi dhanee kurehen kulajehemun.
— Imran Abdulla (@ShimranAb) February 24, 2023
Allah iraadhakurehviyya e manazaruge kulathah lasthakeh nuve rayyithunnah saafuvaane.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަށްވާ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމަށް ގެނައުމަށް އެޕާޓީ އާއި ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީން މިހާރު ވަނީ ނިންމާފައެވެ. މީގެއިތުރުން ސަން ސިޔާމްގެ އެމްޑީއޭއިން ވެސް އިއްޔެ ވަނީ ރައީސް ސާލިޙަށް ތާއިދުކޮށް އެމްޑީޕީއާ ކޯލިޝަން ހެދުމަށް ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު