ޖުމުހޫރީ ޕާޓީގެ ކައުންސިލަށް ތައުލީމީ ގާބިލް ބޭފުޅުން އިންތިޚާބު ކޮށްދިނުމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ.
ގާސިމް މިކަމަށް އެދިވަޑައިގަތީ އާ ދައުރަކަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ކަމުގެ މަގާމަށް އެމަނިކުފާނު ހޮވިވަޑައިގަތުމާއި ގުޅިގެން އެޕާޓީގެ ކޮންފަރެންސްގައި މެމްބަރުންނާއި ބައްދަލު ކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ، ޕާޓީ ދެމިގެންދިއުމަށްޓަކައި ކުރަން ހުރި މަސައްކަތްތަކެއް ހުންނާނެކަން ގަބޫލުކުރަންޖެހޭނެކަމަށެވެ. އަދި އެމަނިކުފާނުގެ އެ މަގާމުގައި އަބަދު ނުހުންނަވާނެކަމަށާއި ގުދުރަތީ ގާނޫނުގެ ދަށުން އެމަނިކުފާނަށް ނިމުމެއް އަންނާނެކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ކޮންމެ ގޮތެއްގައި ނަމަވެސް އެމަނިކުފާނުގެ ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ވޯޓެއް ނުލާ ހޮވިވަޑައިގެންފައިވާތީ އެމަނިކުފާނު ޕާޓީގެ ނިންމުން ބަލައިގަންނަވާކަމަށެވެ. އަދި މަގާމު ގަބޫލުކުރައްވައި ގާސިމް ވަނީ އެޕާޓީގެ މެމްބަރުންނަށް ޝުކުރު އަދާކުރަށްވާފައެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ، ސިޔާސީ ކަންކަމަށް ގާބިލު އަދި ކެރިވަޑައިގަންނަވާ ބޭފުޅުންތަކެއްގެ ތެރޭގައި އެމަނިކުފާނު ކޮށްދެއްވާފައިވާ ރަނގަޅު ކަންކަން ބަލައިގަނެ ކުރިއަށް ގެންދާނެ ބަޔަކު ތިބުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ވޯޓު ދެއްވުމުގައިވެސް ތައުލީމީ ގާބިލު އަދި ހީވާގި ކެރުންތެރިންނަށް ވޯޓު ދެއްވުމަށް ވިސްނާވަޑައިގެންނެވުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.
"އަޅުގަނޑުގެ އާދޭހަކަށްވާނީ ތިބޭފުޅުން ވޯޓް ދެއްވާއިރު ޒާތީ ތައައްސަބު ކަމެއް ނުބާއްވަވާ އެމީހެއްގެ ގާބިލްކަމާއި ތައުލީމާ ތަޖުރިބާގެ މައްޗަށް ވިސްނާވަޑައިގެން އަޅުގަނޑުމެން ވޯޓް ދެއްވުމަށް. އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ ގާތްތިމާގެ މީހަކަަށް ވީތީވެ އެކަން ކުރާ އުސޫލު ދޫކޮށްލައްވައި އެކަންކަން ކުރިއަށް ގެންދިޔުމުގައި ވިސްނާވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް ވިދާޅުވިއެވެ.
ދަރުބާރުގައި މިހާރު ކުރިއަށްދާ ޖުމުހޫރީ ޕާޓީގެ 4 ވަނަ ޤައުމީ ކޮންފަރެންސްގައި 5 ނައިބް ލީޑަރުން އިންތިޚާބު ކުރުމަށް ވަނީ ނިންމާފައެެވެ. އެމަގާމުތަކަށް 12 ބޭފުޅުން ކުރިމަތިލައްވާފައިވާއިރު އެ އިންތިޚާބުގެ ވޯޓްލުން މިހާރު ވަނީ ފަށާފައެވެ. އިއްޔެ ފެށި ޖޭޕީގެ ކޮންގްރެސް މިއަދު ނިމޭއިރު، ޕާޓީގެ އިންތިޚާބީ މަޤާމު ތަކަށް ބޭފުޅުން އައްޔަންކުރުމުގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބާމެދު އެޕާޓީން ނިންމާނެ ގޮތެއް ކަނޑައެޅުމަށް ހުށައަޅާފައިވާ ޤަރާރަށްވެސް މިއަދު ގޮތެއް ނިންމުމަށް ވެސް ވަނީ އެޖެންޑާކޮށްފައެވެ. މި ސަރުކާރުގައި ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީއަކީ ރާއްޖޭގެ 03 ވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެެ.

ކިޔުންތެރިންގެ ހިޔާލު