ޖުމްހޫރީ ޕާޓީގެ ރައީސާއި ނާއިބު ރައީސްގެ މަޤާމު އުވާލުމަށް ފަސްކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ ރައީސާއި ނާއިބު ރައީސްގެ މަޤާމު އުވާލުމަށް ފަސްކުރީ ދަރުބާރުގައި މިހާރު ކުރިއަށްދާ އެޕާޓީގެ 4 ވަނަ ޤައުމީ ކޮންފަރެންސްގައެވެ.
ޕާޓީގެ ރައީސާއި ނާއިބު ރައީސްގެ މަޤާމު އުވާލުމަށް ފާސްވީ ގައުމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
ޖުމްހޫރީ ޕާޓީގެ ރައީސާއި ނާއިބު ރައީސްގެ މަޤާމު އުވާލުމަށް ފާސްކޮށްފައިވާއިރު ޖޭޕީގެ ރައީސްގެ މަޤާމުގައި މިހާތަނަށް ހުންނެވީ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދެވެ. އަދި ނާއިބު ރައީސަކަށް ހުންނެވީ އަޙްމަދު ސަޢުދެވެ.
ޖޭޕީގެ ރައީސާއި ނާއިބު ރައީސްގެ މަޤާމު އުވާލުމާއި ގުޅިގެން، އެޕާޓީގެ އެންމެ އިސް ފަރާތަކީ ލީޑަރެވެ. ދެން ތިއްބަވާނީ 5 ނާއިބު ލީޑަރުންނެވެ.
ޖޭޕީގެ ލީޑަރުކަމަށް އިތުރު ބޭފުޅަކު ވާދަނުކުރެއްވުމުން އެ މަގާމުގައި މިހާރުވެސް ހުންނެވި ގާސިމް އިބްރާހިމް ވަނީ ޕާޓީގެ ލީޑަރުކަމުގެ އިތުރު ދައުރަކަށް ހޮވިވަޑައިގެންފައެވެ. އަދި 5 ނާއިބު ލީޑަރުން ހޮވަންޖެހޭއިރު 12 ބޭފުޅަކު ވަނީ އެމަގާމަށް ނަން ހުށަހަޅާފައެވެ.
އިއްޔެ ފެށި ޖޭޕީގެ ކޮންގްރެސް މިއަދު ނިމޭއިރު، ޕާޓީގެ އިންތިޚާބީ މަޤާމު ތަކަށް ބޭފުޅުން އައްޔަންކުރުމުގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބާމެދު އެޕާޓީން ނިންމާނެ ގޮތެއް ކަނޑައެޅުމަށް ހުށައަޅާފައިވާ ޤަރާރަށްވެސް މިއަދު ގޮތެއް ނިންމާނެއެވެ.

ޖޭޕީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސްގެ ފުރަތަމަ ދެ ދަންފަޅި ކާމިޔާބުކަމާއެކު ނިންމާލައިފި. pic.twitter.com/qRXu70XOAE
— JP Secretariat (@JPSecretariat) February 24, 2023
ޖޭޕީގެ ރައީސާއި ނާއިބު ރައީސްގެ މަޤާމު އުވާލުމާއި ގުޅިގެން، އެޕާޓީގެ އެންމެ އިސް ފަރާތަކީ ލީޑަރެވެ. ދެން ތިއްބަވާނީ 5 ނާއިބު ލީޑަރުންނެވެ.
ޖޭޕީގެ ލީޑަރުކަމަށް އިތުރު ބޭފުޅަކު ވާދަނުކުރެއްވުމުން އެ މަގާމުގައި މިހާރުވެސް ހުންނެވި ގާސިމް އިބްރާހިމް ވަނީ ޕާޓީގެ ލީޑަރުކަމުގެ އިތުރު ދައުރަކަށް ހޮވިވަޑައިގެންފައެވެ. އަދި 5 ނާއިބު ލީޑަރުން ހޮވަންޖެހޭއިރު 12 ބޭފުޅަކު ވަނީ އެމަގާމަށް ނަން ހުށަހަޅާފައެވެ.
އިއްޔެ ފެށި ޖޭޕީގެ ކޮންގްރެސް މިއަދު ނިމޭއިރު، ޕާޓީގެ އިންތިޚާބީ މަޤާމު ތަކަށް ބޭފުޅުން އައްޔަންކުރުމުގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބާމެދު އެޕާޓީން ނިންމާނެ ގޮތެއް ކަނޑައެޅުމަށް ހުށައަޅާފައިވާ ޤަރާރަށްވެސް މިއަދު ގޮތެއް ނިންމާނެއެވެ.
ކިޔުންތެރިންގެ ހިޔާލު