މާލޭގެ ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ރޭ ޒަހަމްކޮށްލި ޒުވާނާ އޮތީ ވެންޓިލޭޓަރުގައިކަމަށް ހޮސްޕިޓަލުން ބުނެފިއެވެ.
ރޭ ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލީ، މާފަންނު ބީޖީ ގަރާޖު ކައިރީ ހުންނަ ކްރާސާ ނަމަކަށް ކިޔާ ފިހާރައެއްގެ ތެރޭގައެެވެ.
މިހާދިސާގައި އަނިޔާވި މީހާއަށް އަންނަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެ ހޮސްޕިޓަލުން ބުނީ އޭނާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައިކަމަށާއި، ހާލު ކްރިޓިކަލްކަމަށެވެ.
އޭނާއަށް ލިބިފައިވާ ޒަހަމްތަކުގެ މައުލޫމާތު ހޮސްޕިޓަލުން ހާމައެއް ނުކުރައްވައެވެ.
މި ހާދިސާ ހިނގީ މާފަންނު ބީޖީ ގަރާޖު ކައިރީ ހުންނަ ކްރާސާ ނަމަކަށް ކިޔާ ފިހާރައެއްގެ ތެރޭގައިކަމަށްވާއިރު، ފިހާރައިގައި ހުރި އަންހެން ސޭޓު ހޭނެތުނުކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ތޫނު އެއްޗަކުުން ހަމަލާދިނުމުން ބަންޑުން އެމީހާ ވެއްޓިފައި އޮތްއިރު އޭނާގެ ކައިރީގައި ވަރަށް ގިނައިން ލޭވެސް ހުރި ތަން ފެނެއެވެ.
ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގް ކުރަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު