މާލޭގެ ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މިރޭ ޒަހަމްކޮށްލައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މާފަންނު ފިހާރައަކަށް ވަދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށާއި އެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދި މިހާދިސާގައި އަނިޔާވި މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާ ހިނގީ މާފަންނު ބީޖީ ގަރާޖު ކައިރީ ހުންނަ ކްރާސާ ނަމަކަށް ކިޔާ ފިހާރައެއްގެ ތެރޭގައެެވެ. މި ހާދިސާގައި އަނިޔާވި މީހާއަށް ހަމަލާ ދިނުމުން ފިހާރަ ތެރެއަށް ވެއްޓިފައި އޮތް މަންޒަރު ފެންނަ ފޮޓޯއެއް ޝޯޝަލް މީޑިޔާގައި ދަނީ ދައުރުވަމުންނެެވެ.

އެގޮތުން ތޫނު އެއްޗަކުުން ހަމަލާދިނުމުން ބަންޑުން އެމީހާ ވެއްޓިފައި އޮތްއިރު އޭނާގެ ކައިރީގައި ވަރަށް ގިނައިން ލޭވެސް ހުރި ތަން އާންމުވެފައިވާ ފޮޓޯތަކުން ފެނެއެވެ. މިހާދިސާގައި އަނިޔާވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގް ކުރަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު