އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަން ސަން ސިޔާމްގެ އެމްޑީއޭއިން ނިންމި ނިންމުމަކީ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ގެނެސްދެވޭނީ ކޯލިޝަންގެ ސަރުކާރަކުން ކަމަށް ގަބޫލުކުރާތީ އެޕާޓީން ނިންމި ނިންމުމެއް ކަމަށް އެމްޑީޕީން މިރޭ ބުނެފި އެވެ.
އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޑީއޭގެ މި ނިންމުމަކީ ރައީސް ސޯލިހްގެ ވެރިކަމުގެ މި ހިނގަމުންދާ ދައުރުގައި ގައުމަށް ގެނެސްދެއްވި ހަމަޖެހުން ދެމި އޮވެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން އޮތީ އިއްތިހާދުގެ ސަރުކާރަކުން ކަމަށް ގަބޫލުކުރާތީ ނިންމި ނިންމުމެއް ކަމަށެވެ.
އަދި މިއީ ގައުމާއި ރައްޔިތުންގެ ހައްގުގައި ނިންމި ނިންމުމެއް ކަމަށް ދެކޭ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
ރައީސަށް ތާއީދުކުރަން ނިންމުމުގެ ކުރިން އެމްޑީއޭއިން އިއްޔެ ވަނީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ބޭފުޅުންނާއެކު މަޝްވަރާކޮށްފައެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދަން އެމްޑީއޭއިން ނިންމި ނިންމުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވަނީ ޝުކުރު އަދާކުރަށްވާފައެވެ. ރައީސް ސޯލިހް މިރޭ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ ގުޅިގެން ކުރިއަށް ދިޔުމަށް އެމްޑީއޭއިން ނިންމި ނިންމުމަށް މަރުޙަބާ ވިދާޅުވެ އަދި ޝުކުރު އަދާކުރަށްވާ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތްކުރާނީ ދިވެހިރާއްޖޭގެ ހަމަޖެހުމާ ތަރައްޤީއާ ކުރިއެރުމަށް އަޅުގަނޑުމެން ފެށި ދަތުރު މަޑުނުޖެހި ކުރިއަށް ގެންދިޔުމަށް." ރައީސް ސާލިޙު ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙާއެކު ކޯލިޝަން ހެދުމަށް މިހާތަނަށް ނިންމާފައިވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީންނެވެ. ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީއަކުން އެކަމަށް އަދި ވަކި ގޮތެއް ނުނިންމައެވެ.

ކިޔުންތެރިންގެ ހިޔާލު