ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ހަތަރުވަނަ ގައުމީ ކޮންފަރެންސް ފަށައިފިއެވެ.
ދަރުބާރުގޭގައި އޮތް ރަސްމިއްޔާތެޢްގައި މި ކޮންފަރެންސް ފަށްޓަވައިފދެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއެވެ.
ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުރީގެ ރައީސް، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.
މިއަދާއި މާދަމާ ކުރިއަށްދާ މި ކޮންފަރެންސްގައި އެޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގެ އިތުރުން، ރިޔާސީ އިންތިހާބާ ގުޅޭ ނިމުންތައް ނިންމާނެއެވެ.
މި ކޮންފަރެންސްގައި ޕާޓީގެ ޑެޕިއުޓީ ލީޑަރުން، ޒުވާނުންގެ ލީގުގެ ރައީސް، ޒުވާނުންގެ ލީގުގެ ނައިބު ރައީސް، ޒުވާނުންގެ ލީގުގެ ސެކްރެޓަރީ، ޒުވާނުންގެ ލީގުގެ މެމްބަރުން، އަންހެނުންގެ ލީގުގެ ރައީސް، އަންހެނުންގެ ލީގުގެ ނައިބު ރައީސް، އަންހެނުންގެ ލީގުގެ ސެކްރެޓަރީގެ އިތުރުން އަންހެނުންގެ ލީގުގެ މެމްބަރުން، އަދި ގައުމީ ކޮންފަރެންސްއިން އިންތިހާބުކުރާ 25 މެމްބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، އަސާސީ ގަވާއިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކާއި މެދުވެސް ގޮތެއް ނިންމާނެއެވެ. އަދި އަސާސީ ގަވާއިދުގެ ދަށުން ޕާޓީގެ ލީޑަރު އަޔަންކުރައްވަންޖެހޭ މަގާމުތަކަށް ބޭފުޅުން އައްޔަންކުރެއްވުންވެސް އޮންނާނެއެވެ.
މިކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 8:45ގައެވެ.

JP Qaumee Conference #HappeningNow at Dharubaaruge pic.twitter.com/Cqp4HOfGeu
— ᗰᝪᕼᗩᗰᗴᗞ ᗩᗞᕼᑌᕼᗩᗰ (@M_Adhuham) February 24, 2023
މި ކޮންފަރެންސްގައި ޕާޓީގެ ޑެޕިއުޓީ ލީޑަރުން، ޒުވާނުންގެ ލީގުގެ ރައީސް، ޒުވާނުންގެ ލީގުގެ ނައިބު ރައީސް، ޒުވާނުންގެ ލީގުގެ ސެކްރެޓަރީ، ޒުވާނުންގެ ލީގުގެ މެމްބަރުން، އަންހެނުންގެ ލީގުގެ ރައީސް، އަންހެނުންގެ ލީގުގެ ނައިބު ރައީސް، އަންހެނުންގެ ލީގުގެ ސެކްރެޓަރީގެ އިތުރުން އަންހެނުންގެ ލީގުގެ މެމްބަރުން، އަދި ގައުމީ ކޮންފަރެންސްއިން އިންތިހާބުކުރާ 25 މެމްބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، އަސާސީ ގަވާއިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކާއި މެދުވެސް ގޮތެއް ނިންމާނެއެވެ. އަދި އަސާސީ ގަވާއިދުގެ ދަށުން ޕާޓީގެ ލީޑަރު އަޔަންކުރައްވަންޖެހޭ މަގާމުތަކަށް ބޭފުޅުން އައްޔަންކުރެއްވުންވެސް އޮންނާނެއެވެ.
މިކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 8:45ގައެވެ.
ކިޔުންތެރިންގެ ހިޔާލު